ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފާނުގެ ހާދިސާގައި ހަތަރު މީހަކަށް އަނިޔާވެ، ދެ މީހެއްގެ ހާލު ސީރިއަސް

ފޮޓޯ: އެންޑީއެމްއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

މއ. ދޫގަސްގޭގައި ރޭ ފަތިހު ގޭސްފުޅިއެއް ގޮވައި، އަލިފާނުގެ ހާދިސާއެއް ހިނގައި ހަތަރު މީހަކަށް އަނިޔާވެގެން ފަރުވާ ދެމުން އަންނަ ކަމަށާއި އެތަނުން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފިއެވެ.

އެ ހާދިސާގައި އަނިޔާވި ހަތަރު ބިދޭސީންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ އިރު އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ މައުލޫމާތުދީފައެވެ.

އައިޖީއެމްއެޗްއަށް ގެންދިޔަ ހަތަރު މީހުންގެ ތެރެއިން ދެ މީހަކަށް ފަރުވާދެނީ އައިސީޔޫގައި ކަމަށް ސަންގަށް މައުލޫމާތު ލިބިފައިވެއެވެ. އޭގެ ތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވަނީ މައުލޫމާތު ދީފައެވެ.

އަނެއް ދެ މީހުންގެ ތެރެއިން އެކަކު ވޯޑުގައި ބާއްވައިގެން ފަރުވާދެމުން އަންނައިރު އަނެއް މީހާ އަށް ފަރުވާދެނީ އިމަޖެންސީ ރޫމުގައި ކަމަށް ވެސް އެ އޮފިޝަލު ވިދާޅުވިއެވެ. އެންޑީއެމްއޭއިން ބުނީ ވެންޓިލޭޓަރުގައި އޮތް މީހާގެ އިތުރުން އެ ހާދިސާގައި އަނިޔާވި ތިން މީހުން ފިހި، އަނިޔާތައް ވެފައިވާ ކަމަށެވެ. އަނިޔާވެފައިވަނީ ބަންގްލަދޭޝް ދެ މީހަކާއި އިންޑިއާގެ ދެ މީހަކަށެވެ.

ފޮޓޯ: އެންޑީއެމްއޭ

އަލިފާނުގެ ހާދިސާ ހިނގީ ފަސް ކޮޓަރި ހިމެނޭ، 15 މީހުން އުޅޭ ތަނެއްގައެވެ. އަލިފާނުގެ ހާދިސާގައި އެތަނުގެ ފާރެއް އިމާރާތުގެ ފެން މީޓަރުގެ މައްޗަށް ވެއްޓުމުގެ ސަބަބުން ހޮޅިތައް ފަޅައިގެން ގޮސް ފެން ލީކުވެ މުޅި އިމާރާތަށް ގެއްލުން ވެފައިވެއެވެ. އަދި މި ހާދިސާގައި އަނިޔާވީ 4 ބިދޭސީންނަށްކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަދި މި މީހުނަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނިގޮތުގައި އޭގެ ތެރެއިން 2 މީހުންގެ ހާލު ސީރިއަސްއެވެ. އެގޭގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުޤީގު ކުރަމުންދާއިރު 41 މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިން ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ހާމަކޮށްފައެވެ.

ފޮޓޯ: އެންޑީއެމްއޭ
އެންޑީއެމްއޭ އިން ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ވަނީ އެ ހާދިސާގައި އަލިފާން ރޯވި މއ. ދޫގަސްވިލާ ގޭގެ ފަސް ކޮޓަރިއެއްގައި ދިރިއުޅެމުން ދިޔަ 15 ބިދޭސީން ރައްކާތެރިކަމާއެކު އިވޭކުއޭޓްކޮށްފައިވާ ކަމަށެވެ.

އަދި އިންވެގެން ހުރި އިމާރާތުގެ ފެނުގެ ޚިދުމަތް މެދުކެނޑުމާ ގުޅިގެން، އެ އިމާރާތުގައި ދިރިއުޅޭ 26 މީހަކަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށް އެންޑީއެމްއޭ މައުލޫމާތުދެއެވެ. އެއީ 20 ދިވެހިންނާއި 06 ބިދޭސީންނަށެވެ.

އަލިފާން ރޯވި އިމާރާތާއި އިންވެގެން ހުރި އިމާރާތް ކަމަށްވާ މއ.ދޫގަސް 1 ގެ ދެ ތަނުގައި ދިރިއުޅޭ ޖުމްލަ 41 މީހަކަށް އެ ހާދިސާގެ އަސަރުކޮށްގެން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެންޑީއެމްއޭ މައުލޫމާތުދެއެވެ. އަދި އެ ފަރާތްތަކަށް ބޭނުންވާ ޒަރޫރީ ބޯހިޔާވަހިކަމާއި އެހެނިހެން އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. އަދި ބިދޭސީންނަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ހަމަޖެއްސުމަށް ޓަކައި އެ ފަރާތްތަކުގެ ސްޕޮންސަރާ ގުޅައި، މިހާރު ވަނީ ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމަށް އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: