ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރިޖުގެ ލޭނު ހަމަ، އޭގެ ބޭނުން ހިފާނެ ގޮތް ނިންމީ ސަރުކާރުން: މުއްތަލިބް

ސިނަމާލެ ބުރިޖު.
ޝެއާރކޮށްލާ ކަހަލަދޯ؟

ބްރިޖުގަ ހަ ލޭނު ވެސް ހަމަ ކަމަށް އެ ލޭނުތަކުގެ ބޭނުން ހިފާނެ ގޮތް ނިންމީ ސަރުކާރުން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ސިނަމާލެ ބްރިޖު ހުޅުވިތާ މިއަހަރަށް ހަ އަހަރުވެގެން ދިޔައިރު، މިއީ ރައީސް މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި ކުރިޔަށް ގެންދިޔައެވެ. މި މަސައްކަތް ނިމި، ބްރިޖު ހުޅުވުމާއި ގާތްވެފައި ވަނިކޮށް ރައީސް ޔާމީން ބްރިޖުގެ ލޭނެއް މަދުކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅޭގޮތުން ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދިފައިވާތީ އެކަމަށް ރައީސް މުއިއްޒު ވިދާޅުވީ ސިނަމާލެ ޕްރޮޖެކްޓު އެމަނިކުފާނު ކުރިޔަށް ގެންދެވީ ވަރަށް ގަޔާވެ ކުރާހިތުން ކުރި މަސައްކަތެއްގެ ގޮތުގައި ކަމަށެވެ.

ރައީސް ވިދާޅުވީ ބްރިޖުގެ މަސައްކަތް ނިމެން ގާތްވެފައި ވަނިކޮށް ގާތްގަނޑަކަށް 40 މެމްބަރުން ތިބި ބްރިޖު ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު ސައިކަލު ދުއްވުމަށް ވަކި ލޭނެއް އޮންނަން ޖެހޭނެކަމަށް އޭރު ރައީސް ޔާމީން ވިދާޅުވި ކަމަށެވެ. އެހެން ނަމަވެސް ހެވީ ވެހިކަލްއާއި، ސައިކަލު ލޭނެއް އޮއްވައި ވަކިން އެ އިންތިޒާމު ހަމަޖެއްސޭނެ ގޮތެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތަށް ވިދާޅުވުމުން، ރައީސް ޔާމީން ބޭނުންފުޅުވީ ބައިސްކަލް/ޕެޑެސްޓްރިއަން ލައިން ސައިކަލު ވަކި ލޭނަކަށް ބަދަލު ކުރުމަށްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރައީސް ޔާމީން ވިދާޅުވާ ކަމަކަށް އެއްވެސް ވަޒީރަކު ދެކޮޅު ހެދުމަށް ބޭނުން ނުވާތީ އެ ލޭނުގައި ސައިކަލު ދުއްވޭތޯ ބަލާފައިވާނެކަމަށެވެ.

އެކަމާ ގުޅިގެން މިނިސްޓަރު މުއްތަލިބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު ވެސް ހަ ލޭނު އެބައޮތް ކަމަށެވެ. އަދި އޭގެ ބޭނުން ހިފާނެ ގޮތް ނިންމުމުގެ ބާރު ލިބެނީ ސަރުކާރަށް ކަމަށް ވެސް މުއްތަލިބު ވިދާޅުވިއެވެ.

މިނިސްޓަރު މުއްތަލިބުގެ އިތުރުން ލޯކަލް ގަވަމެންޓް މިނިސްޓަރ އާދަމް ޝަރީފް ވެސް ވަނީ އެކަމަށް ތާއީދު ކުރައްވާ ވާހަކަދައްކަވާފައެވެ. މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ބްރިޖުން ލޭނެއް މަދުވި ކަމަށް ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ސިޔާސީ ވާހަކަތަކެއް ކަމަށެވެ. ހަ އަހަރު ވަންދެން އެ ވާހަކަ ނުދެއްކީ ކީއްވެތީ ސުވާލު އުފައްދަވާ މިނިސްޓަރު ވިދާޅުވީ ރިޔާސީ ކެމްޕެއިނުތެރޭގައި ވެސް ރައީސް މުއިއްޒާ ދެކޮޅަށް އެތަށް ދޮގު ވާހަކަ ދެކެވުނު ނަމަވެސް ބްރިޖުގެ ވާހަކަ ނުދައްކާ ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ދައްކާ އެފަދަ ދޮގު ވާހަކަތަކުން ސަރުކާރުގެ ފޯކަސް ގެއްލުވާ ނުލެވޭނެ ކަމަށެވެ. އަދި ދަރަނިތައް ދައްކަމުން ސަރުކާރު ދާނީ ކުރިއަށް ކަމަށް ވެސް މިނިސްތަރު ވިދާޅުވިއެވެ. އަދި ރައީސް މުއިއްޒު ސާބިތުކޮށްދެއްވަނީ ކެތްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ވަޑައިގަތުމުގެ އަޒުމުގައި ހުންނެވި ކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ އުއްމީދަކީ ދަރަނިތައް ދެއްކި، ގައުމާ، ރައްޔިތުންނަށް ތަނަވަސް ދުވަސްތަކެއް އަވަހަށް ފެނުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: