ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ މަހު 130 މީހަކަށް ޒަކާތު ފަންޑުން ހަތް ލައްކަ ރުފިޔާގެ އެހީ ދިން

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އޯގަސްޓު މަހު 130 ފަރާތަކަށް ހަތް ލައްކަ ރުފިޔާ އެހީގެ ގޮތުގައި ޚަރަދު ކުރެވިފައިވާކަމަށް ދިވެހިރާއްޖޭގެ ޒަކާތުހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި އޯގަސްޓް މަހުގައި އެހީގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ޢަދަދަކީ 11.2 މިލިއަން ރުފިޔާއެވެ. ޒަކާތު ފަންޑުން ބޭސްފަރުވާގެ ހަތަރު ކަމަކަށް ވަނީ އެހީ ފޯރުކޮށްދީފައެވެ. އެގޮތުން ކެންސަރު ބައްޔާއި، ހިތުގެ އޮޕަރޭޝަން، ކިޑްނީ ބަލިތަކާއި، ސިކުނޑީގެ އޮޕަރޭޝަން ހިމެނެއެވެ. މީގެ އިތުރުން އެހެނިހެން ކަންކަމަށް ވެސް ޒަކާތު ފަންޑުން ވަނީ އެހީދީފައެވެ.

އެގޮތުން ކެންސަރަށް ފަރުވާ ކުރުމަށް 3،85885 ރުފިޔާ، ހިތުގެ އޮޕަރޭޝަން ކުރުމަށް 25،443 ރުފިޔާ، ކިޑްނީ ބަލިތަކަށް ފަރުވާ ކުރުމަށް 1،57205 ރުފިޔާ ދީފައިވެއެވެ. އޭގެއިތުރުން ސިކުނޑީގެ ބަލިތަކަށް ފަރުވާ ކުރުމަށް 1،57205 ރުފިޔާ، ސިކުނޑީގެ އޮޕަރޭޝަން ކުރުމަށް 1،30886 ރުފިޔާ އަދި އެހެނިހެން ކަންކަމަށް 41 މިލިއަން ރުފިޔާގެ އެހީ ދީފައިވެއެވެ،

މިނިސްޓްރީން ބުނީ، އެހެނިހެން ގޮތުގައި ބަޔާންކުރެވިފައި ވަނީ ވަޤުފު އުފެއްދުމާއި އިދާރީ މުވައްޒަފުންގެ އުޖޫރައަށް ކަމަށެވެ. އެގޮތުން ވަޤުފް އިމާރާތް ބިނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް 37،800 ރުފިޔާ ވަނީ ހޭދަވެފައިވާ ކަމަށާ މީގެ އިތުރުން ޒަކާތު މަސައްކަތް ކުރުމަށް ޒަކާތު ފަންޑުން މުސާރަދޭ ގޮތަށް ނަގާފައިވާ މުވައްޒަފުންގެ އުޖޫރަ ދިނުމަށް ޢާމިލުންގެ ބައިން ޚަރަދު ކުރެވިފައިވަނީ 2.6 މިލިއަން ރުފިޔާ ކަމަށް ތަފާސްހިސާބުތައް ދައްކައެވެ.

މިއަހަރުގެ މިހާތަނަށް ޒަކާތު ފަންޑުން ބޭސްފަރުވާއަށް 16.7 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ވެސް މިނިސްޓްރީން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: