ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަސް އިންދުމުގެ ޕްރޮގުރާމުގެ ތެރެއިން ސްޓެލްކޯއިން އިތުރު 500 ގަސް އިންދައިފި

ގަސް އިންދުމުގެ ޕްރޮގުރާމްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ސްޓެލްކޯއިން އިތުރު 500 ގަސް އިންދައިފިއެވެ.

ސްޓެލްކޯއިން ގަސް އިންދުމުގެ ޕްރޮގުރާމް ފަށައިފައިވަނީ ކ. ތުލުސްދޫއިންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް މި 5 އަހަރުތެރޭ ރާއްޖޭގައި 5 މިލިއަން ގަސް އިންދަން ކުރިއަށް ގެންދާ ޙަރަކާތުގައި ބައިވެރިވުމުގެ ގޮތުން 5 އަހަރުތެރޭ ބައިމިލިއަން ގަސް އިންދަން ސްޓެލްކޯއިން ކުރިއަށްގެންދާ ޙަރަކާތުގެ ތެރެއިން އިތުރު 500 ރުއް ވަނީ އިންދައިފައެވެ.

ސްޓެލްކޯއިން މި 500 ރުއް އިންދާފައިވަނީ އދ. ފެންފުށީގަ އެވެ. ފެންފުށީގައި ކުރިއަށް ގެންދިއަ ގަސް އިންދުމުގެ ހަރަކާތަށް ރަށުގެ ކައުންސިލުންނާއި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރައްވައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވަނީ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.

ސްޓެލްކޯއިން މި ޕްރޮގުރާމްގެ ދަށުން 5 ލައްކަ ގަސް އިންދުމަށް ނިންމައިފައިވާއިރު، އެ ކުންފުނިން ހިދުމަތް ދެއްވާ ހުރިހާ ރަށެއްގައި ގަސް އިންދުމުގެ ހަރަކާތް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ވަނީ މައުލުމާތު ދެއްވައިފައެވެ. ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޔޫއޭއީގެ ދުބާއީގައި ކުރިއަށްދިޔަ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ގައުމީ ބަޔާން އިއްވަވަމުން އިއުލާން ކުރައްވާފައިވާ ޕްރޮގްރާމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: