ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތައިލެންޑުން ޑީޕޯޓުކޮށްލުމުން، ރާއްޖެ އައި 3 މީހަކު ހައްޔަރުކޮށްފި

މާރާމާރީ އާއި ގުޅިގެން ހައްޔަރު ކުރި ތިން ދިވެހިން.
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ސެޕްޓެމްބަރ 4 ވަނަ ދުވަހު މާލެގައި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މީހަކާއިމެދު މާރާމާރީ ހިންގާފައިވާ މައްސަލައަކާއި ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްއިން ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައިގައި ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މި މީހުން ހައްޔަރުކޮށްފައިވަނީ ތައިލެންޑުން ރާއްޖެ އައި ވަގުތުކަމަށެވެ. އެކަކު ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު 18 ވަނަ ދުވަހުއެވެ. އަނެއް 2 މީހުން ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރ 19 ވަނަ ދުވަހުއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހ. ދޮން ތުނޑި މުހައްމަދު އަހުސަމްއާއި، ލ. ގަން މުކުރިމަގު މޫރިތި އަސްވާން މުހައްމަދުއާއި، މ. މަސްކޮތަންގެ މުހައްމަދު ޝިބްތު އަބްދުﷲ އެވެ. މި 3 މީހުން ހޯދުމަށްވެސް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވެއެވެ. 3 މީހުންވެސް ރާއްޖެ އައިސްފައިވަނީ ފިލައިގެން އުޅެނިކޮށް ތައިލެންޑުން ޑީޕޯޓުކޮށްލުމުންނެވެ.

މި މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އަސްވާން މުހައްމަދު ބަންދުން ދޫކޮށް، ދެން ތިބި 3 މީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: