ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމާމުންނަކީ ރާއްޖޭގެ އިސްލާމީ ސަޙްސިއްޔަތު ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއް: ޑރ ޝަހީމް

އިސްލާމިކް މިނސްޓަރ ޑރ. ޝަހީމް އަލީ ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިމާމުންނަކީ ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި އިސްލާމީ ސަޙްސިއްޔަތު ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރައްވައި ބައެއް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިމާމުންގެ މަހާސިންތާ 2024 ގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އިމާމުންނަކީ ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި އިސްލާމީ ސަޙްސިއްޔަތު ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރައްވައި ބައެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އިމާމުކަން ކުރާނެ ޙަތީބުންނާއި އިމާމުން ތަމްރީނުކުރުމުގައި ޤައުމީ މުހިންމު މަސައްކަތްތަކެއް މުސްތަޤްބަލުގައި ކުރިއަށްދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރައީސްގެ އިރުޝާދާއެކު އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަޝްރޫޢުތައް ވަރަށް ކާމިޔާބު ކަމާއެކުގައި ކުރިއަށްދާ ކަމަށެވެ. މާލީ ގޮތުން ރާއްޖޭގެ ޙާލަތު ދަތި ނަމަވެސް، ލިބެންހުރި ވަސީލަތްތަކާއެކު އެ ވުޒާރާއިން ކުރަމުންދާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“ އިމާމުންނަށް ތަމްރީނު ދިނުމުގައި އަދި މުސްތަޤްބަލުގައި ދިވެހިރާއްޖޭގެ އިމާމުކަން ކުރާނެ ޙަތީބުންނާއި އިމާމުން ތަމްރީނުކުރުމުގައި ވަރަށް މުހިންމު ޤައުމީ އުސޫލުތަކެއް ކުރިއަށް އެބަގެންދަން، އަދި އެ ހުރިހާ ފަރާތްތަކަށް އެ މަސައްކަތް ވަރަށް ގާތުން ފެނިވަޑައިގަންނަވާނެ، ރައީސްގެ އިރުޝާދާއެކު އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަޝްރޫޢުތައް ވަރަށް ކާމިޔާބު ކަމާއެކުގައި ކުރިއަށް އެބަދޭ“ މިނިސްޓަރ ވިދާޅުވިއެވެ.

للهُ سبحانه وتعالى ގެ އެއްކައު ވަންތަކަން ޤަބޫލުކުރުމަށްފަހުގައި، ދެވަނަ ކަމަށް މުސްލިމު އިންސާނާ އަދާކުރަންޖެހޭ އެންމެ މަތީ އަޅުކަމަކީ ނާމަދު ކަމުގައި ފާހަގަކުރެއްވިއެވެ. އިސްލާމް ދީނުގައިވާ މާތް އަޅުކަމަކީ ޖަމާޢަތުގައި ކުރެވޭ އަޅުކަމަށާއި އެ ޖާމާޢަތުގެ ވެރިއާ ކުރައްވަނީ މަތިވެރި އަޅުކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން އިމާމުކަން ކުަރައްވައި ފަރާތްތަކީ ވަރަށް މަތިވެރިކަން ލިބިގެންވާ މީހެއް ކަމަށް ވިދާޅުވިއެވެ. ސަބަބަކީ އެއީ ރަސޫލާ صلى الله عليه وسلم ގެ މަތިވެރި މަޤާމު ކަމަށާއި އަދި އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށް ފަހުގައި މި އުންމަތުގައި ޙަލީފާއިން ވަނީ އެ މަޤާމު އަދާކުރައްވައިފައި ކަމަށް މިނސިްޓަރ ވިދާޅުވިއެވެ. އެއަށްފަހުގައި މި އުންމަތުގެ އެކި އެކި ޒަމާންތަކުގައި ޙަލީފާކަން ކުރެއްވި ލީޑަރުން ވަނީ އިމާމުކަމުގެ މަތީ މަޤާމު އަދާ ކުރައްވައިފައި ކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ފާޙަގަކުރައްވައިފައެވެ.

“ މި އުންމަތުގައި އެކި އެކި ރާމާންތަކުގައި ޙަލީފާކަން ކުރެއްވި ލީޑަރުން ވަނީ އިމާމުކަމުގެ މަތިވެރި މަތީ މަޤާމު އަދާ ކުރައްވައިފައި، މާތް ﷲ ކީރިތި ޤުރުޢާނުގައި ބަޔާންކުރައްވައިވޭ، ނަބީބޭ ކަލުންނާއި އަދި ޙިދާޔަތު ލިބިގެންވާ މީހުންގެ ވާހަކަތައް ބަޔާން ކުރައްވަމުން މާތް ﷲ ވަހީކުރައްވަނީ، އެމީހުންގެ ތެރެއިން އިމާމުން ތަކެއް ލެއްވީމޭ، ތިމަން ރަސްކަލާގެ މަޤަށް ހިދާޔަތް ދެއްކެވުމަށްޓަކައި “ މިނިސްޓަރ ވިދާޅުވިއެވެ. 

އިމާމުގެ ވަޒީފާއަކީ ނަބީބޭކަލުންގެ ޙަޔާތްޕުޅުން އިސްލާމީ އުންމަތަށް ފެންނަން އޮތް ވަރަށް މަތިވެރި އަދި ޝަރަފުވެރި ވަޒީފާއެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ވަޒީފާ އަދާ ކުރައްވައި ފަރާތްތަކަށް ލިބޭ މުސާރައަކީ މުހިންމު އެއްޗެއް ކަމަށާއި އެހެން ނަމަވެސް އަޅުގަނޑުމެން ހިތުގައި އިމާމުކަމަށް އޮތް އެންމެ އިސް މަޤާމަކަށް ވާންޖެހޭނީ މާތް ﷲ ދެކެ ލޯބިވެވޮޑިގަންނަވައި، އެ މަތިވެރި މަޤާމު އަދާ ކުރުން ކަމަށް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: