ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

6 ކެފޭއެއް ބަލައި 16 ބިދޭސީން ހައްޔަރު!

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމަލޭގެ 6 ކެފޭއެއް ބަަލައި ފާސްކޮށް 16 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނެފައި ވަނީ މި މަހުގެ 24 އަދި 25 ވަނަ ދުވަހު ޓާސްކު ފޯސް އިން ވަނީ ހުޅުމާލޭގެ ފޭސް 1 ގައި ހިންގަމުންދާ 06 ކެފޭ/ހޮޓާ ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެތަންތަނުގައި ގަވާއިދާ ހިލާފަށް އުޅުނު 16 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް އިމިގްރޭޝަނުން ވަނީ މައުލޫމާތު ދެއްވައިފައެވެ. އޭގެ ތެރެއިން ނަގަންޖެހޭ ބައެއް ހުއްދަތައް ނުނަގާ ހިންގަމުންދިއަ 03 ކެފޭއަކަށް ކަމާގުޅުންހުރި އިދާރާތަކުން ވަނީ ނޯޓިސް ދީފައި އެވެ.

ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީން ހޯދާ ފިޔަވަޅު އެޅުމަށް ސަރުކާރުގެ އިދާރާތައް ގުޅިގެން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން މިމަހުގެ 17 ވަނަ ދުވަހާއި ހަމައަށް ވަނީ 4054 ބިދޭސީން އެމީހުންގެ ޤައުމަށް ވަނީ ފޮނުވައިލަައި ފައެވެ. އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރެޝަންގެ ތެރެއިން ބިދޭސީންނާ ގުޅުންހުރި ގިނަ މައްސަލަތަކެއްދަނީ ފެންމަތިވަމުންނެވެ. އެގޮތުން މީގެކުރިން ޢާއްމުކޮށް ގަވާއިދާ އެއްގޮތަށް ރާއްޖެ އެތެރެވުމަށްފަހު ޤަވާއިދާއި ޚިލާފުވާ މީހުން ތިބޭކަން ފާހަގަކޮށްފައި ވެއެވެ. އަދި އެފަރާތްތައް މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ފަރާތްތައް ދެނެ ގަނެ ދަނީ ފިޔަވަޅު އަޅަމުންނެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ސައްހަ ވިޒާއެއް ނެތި ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި އެކިއެކި ކުށްތަކަށް އަރައިގެންފައިވާ ބިދޭސީން ދެކޮޅަށް ސަރުކާރުގެ ހުރިހާ އިދާރާއެއް ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މުޅި ރާއްޖޭގައި ދަނީ ކުރަމުންނެވެ. ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރަމުންދާ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ފިޔަވަޅު އެޅިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ”އިމިގްރޭޝަން ވޮޗް“ މެދުވެރިކޮށް ޤަވައިދާ ޙިލާފަށް އުޅެމުންދާ ބިދޭސީންނާއި ރާއްޖެއަށް ވަގަށް އެތެރެވާން މަސައްކަތް ކުރާ ބިދޭސީންގެ މައުލޫމާތު ހިއްސާކުރެވޭނެ އެވެ. އިމިގްރޭޝަނުންވަނީ ޤަވައިދާ ޙިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަތަށް ޝޯސަލް މީޑިއާއަށް ހިއްސާ ކުރުމުގެ ބަދަލުގައި، ސީދާ އިމިގްރޭޝަނާއި އެ މައުލޫމާތު ހިއްސާކުރެއްވުމަށް އެދިފައެވެ. އަދި އެ ޕްލެޓްފޯމް މެދުވެރިކޮށް މައުލޫމާތާ ފޮޓޯވެސް ހުށައެޅޭނެ އެވެ.

ސަރުކާރުގެ ޢަމާޒަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ މިއޮޕަރޭޝަން ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކުރުމެވެ. އަދި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް ތިން އަހަރުގެތެރޭ ހައްލު ކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: