މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)އިން ކުރިއަށް ގެންދިޔަ ބޭސިކް ފަޔާ ފައިޓާ ކޯސް ނިންމާލައިފިއެވެ.
ވެލާނާ އިންޓަރ ނޭޝަނަލް އެއަރޕޯޓް، 25 ސެޕްޓެންބަރ ގައި އެމ.ްއޭ.ސ.ީއެލް އިން ކުރިއަށް ގެންދިޔަ ބޭސިކް ފަޔަރ ފައިޓަރ ކޯހުގެ 29 ވަނަ ބެޗްގައި 12 ބައިވެރިން ވަނީ ބައިވެރިވެފައެވެ. އަދި މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ 43 ދުވަހުގެ މުއްދަތަކަށެވެ.
މޯލްޑިވްސް އޭވިއޭޝަން އޮތޯރިޓީން ފާސްކޮށްފައިވާ ބޭސިކް ފަޔާ ފައިޓާ ކޯހަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަދި އެއާޕޯޓް ވަށައިގެންވާ ސަރަހައްދުގެ އިތުރުން މަތިންދާ ބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން ކުއްލި ހާލަތްތަކަށް ރައްދުދިނުމަށް ފަޔާ ފައިޓަރުން ތަމްރީން ކުރާ ކޯހެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ބޭސިކް ފަޔާ ފައިޓާ ކޯހަކީ އޭވިއޭޝަން ސޭފްޓީއަށް މުހިންމު ކޯހަކަށް ވާއިރު ފަޔާ ފައިޓަރުންނަށް ކުއްލި ހާލަތްތަކާއި ކުރިމަތިލާން މި ކޯހުން ހުނަރު ލިބިގެންދާނެ ކަމަށް ވަނީ ބުނެފައެވެ.
މިއީ އެމްއޭސީއެލްގެ ހައުސް ޓްރެއިނާސް ބޭނުންކޮށްގެން ކޯސް ކުރިއަށް ގެންދާ ފުރަތަމަ ފަހަރު ކަމަށާއި އެކަމުން ހާމަކޮށްދެނީ ކުންފުނީގެ އިން ހައުސް ޓްރެއިނާސްގެ ގާބިލްކަން އިތުރުވެފައިވާ މިންވަރު ކަމަށް ވަނީ ބުނެފައެވެ. އަދި ހަމަ އެހެންމެ ރާއްޖޭގެ ޓެކްނިކަލް ދާއިރާތަކުގެ މީހުން ބިނާކުރުމަށް އެމްއޭސީއެލްއިން ދޭ އަހަމިއްޔަތު ކަން ކަމަށް ވެސް ވަނީ ބުނެފައެވެ.
މި ކޯސް ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން ވިދާޅުވީ، ބޭސިކް ފަޔާ ފައިޓާ ކޯސް ފުރިހަމަކަމާއެކު ނިމުމުން އެނގިގެންދަނީ އެމް.އޭ.ސީ.އެލްގެ އިން-ހައުސް ޓްރެއިނިންގެ ނިޒާމްގެ ހަރުދަނާކަމެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުތައް ފޯރު ކޮށްދިނުމަށް ކުންފުނީގެ މެނޭޖްމެންޓުން މަސައްކަތް ކުރާނެ ކަމަށެވެ.

އެމް.އޭ.ސީ.އެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޔުނިޓުން ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ އިތުރުން މަސައްކަތްތެރިކަމުގެ ދާއިރާއިން ގިނަ ތަމްރީނުތަކެއް ފޯރުކޮށްދޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެމް.އޭ.ސީ.އެލްއިން މި އަހަރުގެ ޖޫން މަހު ވަނީ ޒަމާނީ ޓެކްނިލޮޖީތަކުން ތައްޔާރުކޮށްފައިވާ އާ ފަޔާ ސްޓޭޝަންނެއް އިފްތިތާހުކޮށް ކުއްލި ހާލަތުގައި އަވަަސް ރައްދު ދިނުމުގެ ގާބިލްކަން އިތުރުކޮށްފައެވެ. އަދި މަސައްކަތް ކުރަމުން ދަނީ ވެލާނާ އިންޓަނޭޝަނަލަށް އެއާޕޯޓުގެ ސަލާމަތީ ރައްކާތެރިކަން ކަށަވަރުކޮށް ފަސިންޖަރުންނަށް ޒަމާނީ ހިދުމަތްތަކެއް ފޯރުކޮށްދެމުން ނެވެ.

