ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށްޓަކައި އެމްއެމްޕީއާރުސީން މުޅި ދުނިޔެއަށް ހުޅުވާލައިގެން މުބާރާތެއް ފަށައިފި

ފަތުރުވެރިން ރާއްޖޭ މައި އެއާޕޯޓްގައި: ފޮޓޯ/ ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝަރަފުގައި އެމްއެމްޕީއާރުސީން މުޅި ދުނިޔެއަށް ހުޅުވާލައިގެން ”މޯލްޑިވްސް މޯމަންޓްސް 2024“ ނަމުގައި މުބާރާތެއް ފަށައިފިއެވެ.

އެމްއެމްޕީއާރުސީން ބުނެފައިވަނީ މި ބުރާތާތް ކުރިއަށް ގެންދިއުމަށް ރާވައިފައިވަނީ މިމަހުގެ 27 ފެށިގެން އޮކްޓޯބަރު މަހުގެ 12ގެ ނިޔަލަށް ކަމަށެވެ. އަދި މިހަރަކާތުގެ އަމާޒަކީ ބައިވެރިންހެ ހުނަރު ދައްކާލުމުގެ އިތުރުން ރާއްޖޭގެ ހިތްގައިމު ރީތިކަމާއި މުއްސަނދި ސަގާފަތައި ރާއްޖެއިން ފަތުރުވެރިންނަށް ލިބެން ހުރި ތަފާތު ތަޖުރިބާތައް މުޅި ދުނިޔެއަށް ދައްކާލުން ކަމަށެވެ.

މުބާރާތުގެ ތެރެއިން ރާއްޖޭގެ އެންމެ ހިތްގައިމު ފޮޓޯތައް ނުވަތަ ވީޑިއޯތައް ޝެއާ ކުރުމަށް ބައިވެރިންނަށް ދައުވަތު ދޭއިރު ”މޯލްޑިވްސް މޫމަންޓްސް 2024“ ހޭޝްޓެގް ބޭނުންކޮށްގެން ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް، ޓްވިޓާ ނުވަތަ ލިންކްޑްއިންގައި ސަބްމިޝަން އާއެކު ކުރު ތަފްސީލެއް ހިއްސާކުރަން ޖެހޭ ކަމަށް އެމްއެމްޕީއާރުސީން ވަޏި ބުނެފައެވެ.

އެމްއެމްޕީއާރުސީން ބުނެފައިވަނީ މި މުބާރާތަކީ 18 އަހަރުފުރިފައިވާ ބައިނަލްއަގްވާމީ އަދި ދިވެހިން ހިމެނޭ ގޮތަށް އާންމުންނަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް ކަމަށާއި ކޮންމެ ބައިވެރިއަކަށް ވެސް އޮރިޖިނަލް ތިން އެންޓްރީއެއް ހުށަހެޅޭނެ ކަމަށެވެ. އެގޮތުން، ފޮޓޯތައް ހުށަހަޅަން ޖެހޭނީ 1:1 ރޭޝިއޯއެއްގައި އަދި ވީޑިއޯތައް ހުންނަން ޖެހޭނީ ދިގުމިނުގައި 60 ސިކުންތަށް ވުރެ ދިގު ނޫން 16:9 ޕޯޓްރެއިޓް ފޯމެޓެއްގައި ކަމަށެވެ. އަދި މި މުބާރާތަށް އޭއައި އިން އުފައްދާ ކޮންޓެންޓް ބަލައިނުގަނެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ފަނޑިޔާރުކުރުމުގެ ކްރައިޓީރިއާގައި ބަލާނީ އެސްތެޓިކް ކޮލިޓީ އާއި ޓެކްނިކަލް ކޮލިޓީ އާއި ތީމް ރެޕްރެޒެންޓޭޝަންގެ އިތުރުން އެހެނިހެން ތަފާތު ކަންކަމަށް ކަމަށެވެ. އެމްއެމްޕީއާރްސީއިން ބުނެފައިވަނީ މުބާރާތުން އެއްވަނައަށްދާ ނަސީބުވެރިފަރާތަކަށް ހަތަރު ރޭގެ ހާއްސަ ޗުއްޓީއެއް ރެޑިސަން ބްލޫ ރިސޯޓް މޯލްޑިވްސްގެ ހެޔޮއެދުންތަކާއި އެކު ސްޕޮންސާކޮށްފައި ވާ ކަމަށެވެ. އަދި ނަސީބުވެރިފަރާތުގެ ހުށަހެޅުން ވިޒިޓް މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޗެނަލްތަކާއި އެހެނިހެން ޕްރޮމޯޝަނަލް ހަރަކާތްތަކުން ފެންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެމްއެމްޕީއާރުސީން މިފަދަ ތަފާތު ހަރަކާތްތައް މެދުވެރިކޮށް ރާއްޖޭގެ ރީތިކަން ދައްކުވައިދެމުން އަންނައިރު ”މޯލްޑިވްސް މޯމަންޓްސް 2024“ މުބާރާތަކީ އެންމެ މަގްބޫލް ފަތުރުވެރިކަމުގެ މަންޒިލްގެ ގޮތުގައި ދިވެހިރާއްޖެ އޮތް މަގާމު ހަރުދަނާ ކުރުމުގެ މަގުސަދުގައި ހިންގާ ހަރަކާތެއް ކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: