ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިއަ 6 ބިދޭސީން އަތުލައިގަތްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް އަތުލައިގެނެފިއެވެ.

އިމިގްރޭޝަނުން ހިއްސާ ކުރެއްވި މައުލޫމާތުގައި ބުނެފައިވަނީ، ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިއަ ބިދޭސީން ހޯދުމަށް ފުލުހުން ގުޅިގެން މިދިޔަ އޮގަސްޓު މަހާއި ސެޕްޓެންބަރު މަހުގައި ހާއްސަ އިންސްޕެކްޝަން ތަކެއް ހިންގާފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިއަ ބިދޭސީން ހޯދުމަށް ކުރެއްވި މަސައްކަތުގެ ތެރޭގައި، އެމުގައި ޝާމިލްވާ ބިދޭސީ 05 އަންހެނުންނާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިއަ ބިދޭސީ ފިރިހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ. އަދި އެ މައްސަލަތައް ތަހުޤީޤު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް 3 ބިދޭސީއަކު ވަނީ ޑީޕޯޓުކޮށް ލައިފައެވެ. ބާކީ 03 މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ވަނީ މައުލުމާތު މައުލޫމާތު ދެއްވައިފައެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ވިޔަފާރީގައި އުޅޭ ބިދޭސީންގެ އިތުރުން ކުށްތަކަށް އަރައިގަންނަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ކަމާ ގުޅުން ހުރި އިދާރާތަކުން ދަނީ ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށްޓަކައި އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ހާއްސަ އިންސްޕެކްޝަން ހަރަކާތުގައި 200 އޮފިސަރުން ބައިވެއެވެ. އަދި 52 ގުރޫޕަކަށް ބަހާލައިގެން މާލެ ސަރަހައްދު 26 ޒޯނެއް ދަނީ ބަލައިފާސް ކުރަމުންނެވެ.

މި ހަރަކާތުގެ މަޤްސަދަކީ މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެފަރާތްތަކަށް އިމިގްރޭޝަނަށް ހާޒިރުވުމަށް އެންގުމުގެ އިތުރުން ގަވައިދާ ހިލާފަށް ބިދޭސީން ލައްވާ މަސައްކަތްކުރުވާ ދިވެހިންނަށް ލިޔުމުން ނަސޭހަތްތެރިވުންކަމަށެވެ. އަދި މި ހަރަކާތުން ހޯދޭ މަޢުލޫމާތުގެ އެހީގައި މި މައްސަލައާ ގުޅިގެން މިވަގުތު މާލެ ސަރަހައްދުގެ ހާލަތު ދެނެގަނެވިގެންދާނެކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: