ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައުދީއާއިއެކު ވިޔަފާރިއާއި އިންވެސްޓްމެންޓްގެ ގުޅުންތައް ހަރުދަނާވެގެންދާނެ މަޝްވަރާތަކެއް ކޮށްފި

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އަލްމުންޝާތުގެ ގަވަރނަރ އާ ބައްދަލު ކުރައްވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ސައުދީއާއިއެކު ވިޔަފާރިއާއި އިންވެސްޓްމެންޓްގެ ގުޅުންތައް ހަރުދަނާވެގެންދާނެ މަޝްވަރާތަކެއް ކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ދިޔައީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ.

މި ދަތުރުގެ ތެރެއިން ސަޢުދީ އަރަބިއްޔާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ގުޅޭ އޮތޯރިޓީކަމަށްވާ އަލްމުންޝާތުއަށް މިނިސްޓަރު ވަނީ ޒިޔާރާތް ކުރައްވާފައެވެ.

އަލްމުންޝާތުއަށް ކުރެއްވި މި ޒިޔާރަތުގައި އެ އޮތޯރިޓީގެ ގަވަރނަރ އާ ބައްދަލުކުރައްވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަލްމުންޝާތުން ދެމުންގެންދާ އެހީތެރިކަމުގެ މަޢުލޫމާތު ގަވަރނަރ ވަނީ ދެއްވާފައިވެއެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ މިފަދަ ވިޔަފާރިތަކާއި ސަޢޫދީޢަރަބިއްޔާގެ ވިޔަފާރިތަކުގެ މެދުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއިމެދު ވެސް މަޝްވަރާކުރައްވާފައިވެއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، އާމްދަނީ ހޯދުމަށް ކްރިއޭޓިވް މަސައްކަތް ކުރާ ވަކިވަކި ފަރުދުންގެ އުފެއްދުންތެރިކަމާއި މަސައްކަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ކްރިއޭޓިވް އިންޑަސްޓްރީއެއް ޤާއިމްކުރުމަށް ޓަކައި 5 އަހަރުގެ އިސްތިރާޖެއް ސަރުކާރުން ވަނީ އެކުލަވާލައްވާފައެވެ.

މީގެ އިތުރުން މި ދަތުރުގެ ތެރެއިން މިނިސްޓަރު ސަޢީދު ވަނީ ރިޔާޟު ޗެމްބާރ އަށް ޒިޔާރަތް ކުރައްވައި ޗެމްބަރގެ ޗެއާމަން ޢަބްދުﷲ އަލް އުބައިކާން އާއިވެސް ބައްދަލުކުރައްވައިފިއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟު ޗެމްބާރ އަށް ޒިޔާރަތް ކުރެއްވުން.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވިޔަފާރިތަކާއި ސަޢޫދީ ޢަރަބިއްޔާގެ ވިޔަފާރިތަކުގެމެދުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއިމެދު މަޝްވަރާކުރައްވާފައިވެއެވެ. މި މަޝްވަރާއަކީ ދެޤައުމުގެ ދެމެދު ވިޔަފާރިއާއި އިންވެސްޓްމެންޓްގެ ގުޅުންތައް އިތުރަށް ހަރުދަނާވެގެން ދިއުމަށް މުހިންމު މަޝްވަރާ ތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: