ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

4000 ޔުނިޓްގެ ޕާކިން ބިލްޑިންއެއް ޤާއިމުކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދަށް ދިމާވެފައިވާ މައްސަލައަށް ހައްލު ހޯދައި ދިނުމުގެ ގޮތުން 4000 ޔުނިޓްގެ ޕާކިން ބިލްޑިންއެއް ޤާއިމުކުރުމަށް ނިންމައިފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީނު ވިދާޅުވެއްޖެއެވެ.

ޕާކިން ބިލްޑިން އެޅުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާ އާއި އެޗްޑީސީއާ ދެމެދު މިއަދު ވަނީ ފަހުނުނާމާއެއް ގައި ސޮއިކުރައްވައިފައެވެ. މި ބައްދަލުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒިރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތްގައިވާ މުހިންމު އެއް ވައުދަކީ މާލެ ސަރަހައްދުގައި ދިމާވެފައިވާ ޕާކޮންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރުން ކަމަށެވެ.

އޭގެ ތެރޭގައި ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ހިމެނިގެންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެން ކަމުން ޕާކިން ބިލްޑިންގެ މަސައްކަތް އެޗްޑީސީއިން ފެއްޓުމަށް ނިންމައިފަިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މާލެ އާއި ހުޅުމާލެ ސަރަހައްދުގައި ދިމާވެފައިވާ މައްސަލަތަށް ހައްލު އެޗްޑީސީއިން މަސައްކަތް ކުރައްވަމުން ގެންދަވައި ކަމަށެވެ.

ހުޅުމާލޭގައި އަޅާ ޕާކިން ބިލްޑިންތަކުގައި ޖުމްލަ 3،900 ޕާކިން ޔުނިޓް ހުންނައިރު މީގެތެރެއިން 10 އިންސައްތަ ޔުނިޓްތަކަކީ ވަގުތީ ގޮތުން ޕާކް ކުރަން ދޫކުރާ ޔުނިޓްތަކެވެ.

ބާކީ ހުރި ޔުނިޓްތައް ވިއްކުމަށްފަހު ގަންނަ ފަރާތްތަކަށް އެ ޔުނިޓްތައް ރަޖިސްޓަރީ ކޮށްދިނުމަށް ވަނީ ނިންމާފަ އެވެ. މިއިމާރާތްތަކުގެ މަސައްކަތް މިއަހަރު ފެށުމަށްފަހު ގިނަ ވެގެން އެއް އަހަރުގެ ތެރޭގައި ނިންމުމަކީ އަމާޒެއް ކަމަށް ވަނީ މައުލޫމާތު ދީފައިވެ އެވެ.

މި އިމާރާތްތައް ހެދުމަށް ނިންމާފައިވަނީ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އިމާރާތުގައި ހުންނަ ސިސްޓަމްތައް މަސައްކަތް ކުރާ ގޮތަށެވެ. ޕާކިން އިމާރާތްތަކުގައި އިލެކްޓްރިކް ވެހިކަލް ޗާޖުކުރާ ސްޓޭޝަންތައް ހެދުމަށް ނިންމާފައިވާއިރު އިމާރާތްތަކުގެ ޓެރަސް ވިޔަފާރި ބޭނުންތަކަށް ކުއްޔަށް ދިނުމާއި، ކެފޭ ރެސްޓޯރަންޓަށް ޖާގަ ދިނުމާއި ސްޕޯޓްސް އެރީނާތައް ހިންގުންވެސް ހިމެނެ އެވެ.

ވަޒީރު ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީ ހެދިފައިވާ ޤާނޫނުތަކާއި ޤަވައިދުތަކަށް ބަލާއިރު، ވެހިކަލްތައް ޕާކު ކުރުމަށް ގަރާޖެއް އޮތުން ލާޒިމު ވެގެން ވެއެވެ.

އެހެންކަމުން ޕާކިން ޔުނިޓް ޤާއިމުކުރުމުން، ވެހިކަލް ޕާކު ކުރުމަށް ގަރާޖުތައް ބޭނުންވާ  ފަރާތްތަކަށް، ހައްލެއް ލިބިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މިހާރު މާލެ ސަރަހައްދުގައި އެބަހުރި ވަރަށް ގިނަ ވެހިކަލްތަކެއް ގަރާޖް އޮތް ކަމަށް ބެލިގެން ރަޖިސްޓްރީ ކޮށްފަހުރި އުޅަދުތަކެއް، އެ އުޅަދުތައްވެސް އެކި ތަންތާގައ ޕާކު ކުރަމުންދާއިރުގައި މާލެ މަގުތައް އަމާން ކުރުމަށް ނަގަމުންދާއިރު، އޭގެ ވެރިފަރާތްތަކާއި ވަރަށް އުނދަގޫތައް ތަހައްމަލް ކުރައްވަން އެބަ ޖެހޭ އެހެންމަ މިހާ ގިނަ އަދަދެއްގެ ޕާކިން ބިލްޑިން، ޕާކިން ސްލޮޓް ތަކެއް އެޅިގެން ދިޔަ، އޭގެ ތެރެއިންވެސް، މިހާރު ވެހިކަލް ގެންގުޅުވައި ބޭފުޅުންނަށް ލިބެމުންދާ ދަތިތަކަށްވެސް ވަރަށް ގިނަ ހައްލުތަކެއް ލިބިގެންދާނެ

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ފަޒުލް ވިދާޅުވީ، ޕާކިން ބިލްޑިންއަކީ ރާއީސްގެ ޙާއްސަ އިސްނެގުމާއެކު އެޗްޑީސީއާއި ހާވާލުކޮށްފައިވާ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ. އަދި އެ ޒިންމާގެ ތެރޭގައި 15 ޕާކިން ބިލްޑިން އަދި ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް ނިންމައިފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ދެއްވަމުން، ފަޒުލް ވިދާޅުވީ، ޕާކިން ބިލްޑިންގެ ތެރެއިން ގާރާޖު ސީޓީ ދޫކުރައްވާނެ ކަމަށެވެ. ފަޒުލް ވިދާޅުވީ މާލެ ސަރަހައްދުގައި ވެހިކަލް ރަޖިސްޓްރީ ވުމަށް، ބުލެކް މާރކެޓްގައި ބޮޑު އަގުގައި ގަރާޖު ސިޓީ ހޯދަމުންދާ ކަމަށެވެ. އަދި އެފަދަ މައްސަލަތަކަށް ހައްލެއް ގެނެއުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާ އާއި އެޗްޑީސީއާ ދެމެދު ކުރެވުނު އެއްބަސްވުމުގެ ދަށުން، ކޮންމެ ގަރާޖު ސިޓީއަކަށް ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.

“ މިތަނުން ޕާކިން ސްލޮޓް ބަލައިގައްނަވާ ކޮންމެ ފަރާތަކަށް، މި ލިބޭ ފުރުސަތަކީ އުމުރަށް މިނ ޕާކިން ސްލޮޓް ލިބި ލެއްވުން، މާނައަކީ އެބޭފުޅެއްގެ ސްލޮޓް ލިބިވަޑައިގަންނަވާނީ އެޕާޓް މެންޓްއެއް ހަމަ އެބޭފުޅެއް އޯން ކުރައްވައި އުސޫލުންނޭ އަޅުގަނޑުމެން މިކޮޅުން ވިއްކަން ހަމަ ޖެހިފައި މިއޮތީ، ބެންކްގެ ސިސްޓަމްގެ ތެރެއިން، އަޅުގަނޑުމެން ފައިސާ ދައްކާ އުސޫލުވެސް އަޅުގަނޑުމެން ޤަބޫލު ކުރާނަން، ޑައިރެކްޓް ޕޭމެންޓްވެސް އަޅުގަނޑުމެން ޤަބޫލު ކުރާނަން“ ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ، މި ފުރުސަތުގެ ތެރެއިން ކާރު ޕާކު ކުރާނެ ޖާގަ ތަނަވަސް ވެގެން ދާނެ ކަމަށެވެ.  އަދި ޕާކިން ސްލޮޓްތައް ބައްލަވައި ގަންނަ ފަރާތްތަކުން ވިޔާފާރީގެ ގޮތުން، ޕާކިން ސްލޮޓް ވިއްކުމުގެ ފުރުސަތު ފަހި ވެގެންދާނެ ކަމަށެވެ. ދިރިއުޅުމުގައި ދިމާވާ ދަތި ޙާލަތަކާއި ގުޅިގެން ޕާކިން ސްލޮޓް ވިއްކާލަން ބޭނުންވެއްޖެ ޙާލަތެއްގައި، އޮންނަ އުސުލުގެ ތެރެއިން އެ ފުރުސަތު ލިބިގެންދާނެ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: