ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި ކުނި މެނޭޖުކުރުމަށް ކުރީ ސަރުކާރުން އަހައްމިއްޔަތުކަން ނުދޭ: ތޯރިގު

ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ކުނި މެނޭޖުކުރުމަށް ނިމިދިޔަ ސަރުކާރުގައި އަހައްމިއްޔަތު ދީފައިވާކަމަށް ދެކިވަޑައިނުގަންނަވާކަމަށް އެންވައިރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ހެދުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ، މިހާރު ސަރުކާރުން ކުރަމުންދަނީ އެ މަސައްކަތްތައްކަމަށާއި އެކަމާއި ގުޅޭގޮތުން އެޗްޑީސީއާއި ދެމެދު އެއްބަސްވެވިފައިވާކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އެޗްޑީސީއާއި ހަވާލުކުރެވިފައިވަނީ ގާތްގަނޑަކަށް އެއް ހެކްޓަރުގެ ބިން ހޯދުމަށްކަމަށާއި އެތަން ލިބުމާއިއެކު މާ ލަސްތަކެއް ވުމެއް ނެތި ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ބިނާކުރެވިގެންދާނެކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މާލޭގައި އެފަދަ ސްޓޭޝަނެއް ބިނާކުރެވިފައިވާކަމަށާއި ވިލިމާލޭގައިވެސް ހުންނަކަމަށެވެ. އެހެންނަމަވެސް ހުޅުމާލޭގައި މިވީހާ ދުވަހު އެފަދަ ވަސީލަތެއް ގާއިމުކޮށްފައި ނެތުމުގެ ސަބަބުން އެންމެ ރަނގަޅު ގޮތުގައި ރައްކައުތެރިކަމާއިއެކު ކުނި މެނޭޖު ނުކުރެވޭކަމަށެވެ. އޭނާ ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުގައި ފައިސާ ހުރެ މިކަން ކުރެވިފައިނުވަނީ ހުޅުމާލޭގައި ކުނި މޭނޭޖުކުރުމުގެ މަސައްކަތްތަކަށް އަހައްމިއްޔަތު ދެވިފައި ނެތުމުންކަމަށް ގަބޫލުކުރައްވާކަމަށެވެ.

އެހެންނަމަވެސް ހުޅުމާލެއަކީ ބޮޑު އާބާދީއެއް އޮންނަ އެ އަދަދުތައް އިތުރުވަމުންދާ ސަރަހައްދެއްކަމަށްވުމުން މިކަމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކޭތީ އަދުގެ ސަރުކާރުން ވަނީ އެއް ހެކްޓަރުގެ ބިމެއް ކަނޑައަޅައި އެ މަސައްކަތްތައް ކުރުމަށް ނިންމާފައިކަމަށެވެ. އަދި އެތަން ޑިޒައިން ކުރުމުގެ މަސައްކަތްތައްވެސް ފެށިގެންދާނެކަމަށާއި އެ މަރުހަލާ ނިމި އަމަލީ މަސައްކަތްތައް ފެށޭތާ 18 މަސް ދުވަހުގެ ތެރޭގައި ފެސިލިޓީ ބިނާކުރެވޭނެކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ޕްރޮޖެކްޓަށް ބޭނުންވާ ފަންޑުވެސް ލިބިފައިވާކަމަށާއި މި މަސައްކަތްތައް ކުރުމަށް ކަނޑައެޅިފައިވަނީ އޭޑީބީގެ އިތުރުން އިސްލާމިކް ޑިވެލޮޕްމެންޓު ބެންކުގެ އެހީގައިކަމަށެވެ. އަދި މި މަސައްކަތްތަކަށް ފަންޑުގެ ތެރެއިން 13 މިލިއަން ޑޮލަރު ހަރަދުވެގެންދާނެކަމަށް ލަފާކުރެއްވޭކަމަށާއި މަސައްކަތްތައް ނިމިގެންދާއިރު އެންމެ ޒަމާނީ ފެންވަރުގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ހުޅުމާލޭގައި ހުންނާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: