އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހު ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ނިންމާފައިވާކަން ރައީސް އޮފީހުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުން އާންމުކޮށްފައިވާގޮތުން ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ރަސްމީ ޖަލްސާ އޮކްޓޫބަރު 5 ވާ ހޮނިހިރު ދުވަހުގެ ހެނދުނުގައި އޮންނާނެކަމަށެވެ. އަދި މި ޖަލްސާ އޮންނާނީ އެ ދުވަހުގެ 9 ޖަހާއިރު ދަރުބާރު ގޭގައިކަމަށްވެސް މައުލޫމާތު ދީފައިވެއެވެ. ރާއްޖެ އިސްލާމް މި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަސްކަމަށްވެސް ބުނެފައިވެއެވެ.
ރައީސް އޮފީހުން ބުނެފައިވާގޮތުން މި ޖަލްސާގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވާހަކަދައްކަވާނެއެވެ. އަދި ހާއްސަ ކަމެއްގެ ގޮތުގައި ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ މެޑަލް އަދި އިނާމުގެ އިތުރުން ހަނދާނީ ލިޔުން ހަވާލުކުރެއްވުން އިންތިޒާމުކޮށްފައިވާކަމަށެވެ. މި ޖަލްސާގައި 28 ޙާފިޡަކަށް ރައީސުލްޖުމްހޫރިއްޔާ އިނާމު ދެއްވާނެކަމަށްވެސް ބުނެފައިވެއެވެ.

