ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރުގެ ދަތިކަމުން އަރައިގަތުމަށް އެޅި ފިޔަވަޅަށް މަރުހަބާ ކިޔަން: ޖާބިރު

ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު ޖާބިރު:ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމުން އަރައިގަތުމަށްޓަކައި ރައީސް ޑރ މުހައްމަދު މުއިއްޒު އެޅުއްވި ފިޔަވަޅަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު މަރުހަބާ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި މާލީ އިސްލާހުތަކާއި ގުޅޭގޮތުން ޖާބިރު ވިދާޅުވީ، ފަތުރުވެރިކަމަކީ ވަރަށް ގިނަ ގޮތް ގޮތުން ރައްޔިތުންގެ ހެވާއި ލާބަށްއަށް މުހިންމު ސިނާއަތެއްކަމަށެވެ. އޭނާ ވިދާޅުވީ، އައިއެމްއެފް އަދި ވޯލްޑް ބެންކު ފަދަ މުއައްސަސާތަކުންވެސް ދިވެހިރާއްޖޭގެ ޕްރޮޑަކްޓު ބަލައިގަންނަކަމަށާއި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް އެކަމުގެ ނަފާ އެންމެ ފުރިހަމައަށް ހޯދައިދިނުމަށްކަމަށެވެ.

ޖާބިރު ވިދާޅުވީ، ސަރުކާރުން އަޅާފައިވަނީ ދިވެހިންނަށް ބޭނުންވާ ބޭރު ފައިސާ ހޯދުމަށްޓަކައި އަޅަންޖެހޭ އެންމެ ރަނގަޅު ފިޔަވަޅުކަމަށެވެ. އޭނާ ވިދާޅުވީ، ރައީސްގެ ނިންމެވުމުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ސަފުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއި ވިޔަފާރިތަކުންވެސް ގަބޫލުކުރާނެކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދުގައި އެތައް ބިލިއަން ޑޮލަރެއް ދައުރުކުރާއިރު މާލީ ނިޒާމުގެ ތެރޭގައި މިލިއަނެއްހާ ޑޮލަރު ދައުރުކުރަންޖެހޭނެކަމަށާއި އޭގެ ސަބަބުން ރައްޔިތުންނަށް ފައިދާވެގެންދާނެކަމަށެވެ.

ޖާބިރު ވިދާޅުވީ، ފަތުރުވެރިކަމުގެ މަސައްކަތްތަކުގެ ތެރެއިން ދިމާވާ ގޮންޖެހުމަކީ ރިސޯޓުތައް ތަރައްގީކުރުމަށްޓަކައި ފައިނޭންސް ލިބެން ނެތުންކަމަށެވެ. އެހެންކަމުން އެކަން ކުރަމުން އައިސްފައިވަނީ ބޭރުގެ ފަރާތްތަކުގެ އަތުން ދަރަނި ނަގައިގެންނާއި ޓުއަރއޮޕަރޭޓަރުންގެ އެއްބާރުލުމާއިއެކުކަމަށެވެ. އެހެންނަމަވެސް މިހާރު ޒަމާން ބަދަލުވެފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖެއަށް ފަތުވެރިކަމުން ލިބޭ އާމްދަނީ އަނެއްކާވެސް ބޭރަށް އެކްސްޕޯޓުކުރަންޖޭހެކަމަށެވެ. ޖާބިރު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ މުދާ އިމްޕޯޓުކުރުމަށްޓަކައި މުއާމަލާތްތައް ކުރަނީ ބޭރު ފައިސާއިންކަމަށެވެ. އޭނާ ވިދާޅުވީ، ކުރިމަތިވެފައިވަނީ ސީރިއަސް މައްސަލައެއްކަމަށެވެ. ޖާބިރު ވިދާޅުވީ، މަޓާޓޯ އަދި މަޓީއިންވެސް ސަރުކާރުގެ ނިންމުން ގަބޫލުކުރާކަމަށާއި މިކަމުގެ މައުލޫމާތުތައް ތަފްސީލީ ގޮތެއްގައި ދިނުން މުހިންމުކަމަށެވެ. އެހެންނަމަވެސް މާ ބޮޑު މައްސަލަތަކެއް ހުރިކަމަށް ދެކިވަޑައިނުގަންނަވާކަމަށެވެ.

އޭނާ ވިދާލުވީ، ރާއްޖޭގެ ރައީސްކަމާއި ހިސާބަށް ވާސިލުވި ބޭފުޅުންގެ ތެރެއިން ރައީސް ޑރ މުއިއްޒުއަކީ ވަރަށް އިލްމުވެރި ބޭފުޅެއްކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް މުއިއްޒުއަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދައުރުގެ އިތުރުން ނިމިދިޔަ ދައުރުގައިވެސް މަސައްކަތްތަކުގައި ހަރަކާތްތެރިވެވަޑައިގެން އުޅުއްވި ބޭފުޅެއްކަމަށްވުމުން ހުރިހާ ކަމެއް އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް މުއިއްޒުވަނީ ދަތި ވަގުތެއްގައި ރައްޔިތުންނަށް ދަތިވީ ކޮން ސަބަބަކާއި ގުޅިގެންކަން ދެނެގަތުމަށްފަހު އެކަން ހައްލުކުރެއްވުމުގެ ގޮތުން ފިޔަވަޅު އަޅާފައިކަމަށެވެ. އެގޮތުން ކުރިމަތިވީ ޑޮލަރުގެ ދަތިކަން ކަމަށްވުމުން އެކަން ހައްލުކުރެއްވުމަށް ނިންމަވާފައިވާ ނިންމުމަަށް މަރުހަބާ ކިޔާކަމަށް ހިއްސާކުރެއްވިއެވެ. ޖާބިރު ވިދާޅުވީ، އެހެން ފަރާތްތަކުންވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި މިކަން ގަބޫލުކުރާނެކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: