ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2022ގައި ރިސޯޓުތަކުގެ އެފްއެންބީގައި ގިނައިން ތިބީ ބިދޭސީން: ސްޓެޓިސްޓިކްސް ބިއުރޯ

ރާއްޖޭގެ ރިސޯޓުތަކުގެ ބައެއް މުވައްޒަފުން ވީއައިއޭ އެއާޕޯޓުގައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

2022 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފުޑް އެންޑް ބެވަރެޖް ސާވިސްގައި އެންމެ ގިނައިން ތިބީ ބިދޭސީންކަމަށް މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކެއްގައިވާގޮތުން، 2022 ވަނަ އަހަރުގައި ދާއިރާތަކުގައި އުޅޭ އެކި ގައުމުތަކުގެ ރައްޔިތުންގެ ނިސްބަތަށް ބަލާއިރު ފަތުރުވެރިކަމުގެ ސިނާއަތުގައި އެކަމަޑޭޝަން ސާވިސަސްގައި އެންމެ ގިނައީ ދިވެހިންކަން ފެނިގެންދާކަމަށެވެ. އެގޮތުން އެ ދާއިރާގައި 72 އިންސައްތަ މަސައްކަތްތެރިންނަކީ ދިވެހިންކަމަށް ބަޔާންކޮށްފައިވާއިރު ޕެސެންޖާރ ޓްރާންސްޕޯޓު ސާވިސްގައިވެސް 93 އިންސައްތަ މުއައްޒަފުންގެ ގޮތުގައި ތިބީ ދިވެހިންކަމަށެވެ.

އެހެންނަމަވެސް އެފްއެންބީ ދާއިރާގައި އެންމެ ގިނައިން ތިބީ ބިދޭސީ މުއައްޒަފުންކަމަށާއި 67 އިންސައްތައަށް އަރާކަމަށާއި ސްޕޯޓްސްއާއި ކަލްޗަރަލް ރެކްރިއޭޝަން މަސައްކަތްތަކުގައިވެސް 56 އިންސައްތަ މުއައްޒަފުންނަކީ ބިދޭސީންކަމަށެވެ. އަދި އިދާރީ މަސައްކަތްތަކުގައިވެސް ގިނައީ ބިދޭސީންކަމަށާއި އެ ދާއިރާގައިވެސް 56 އިންސައްތަ މީހުންނަކީ ބިދޭސީންކަމަށެވެ. އަދި 2022 ވަނަ އަހަރުގެ ތެރޭގައި 55874 މީހުން ރިސޯޓުތަކުގައި ވަޒީފާ އަދާކުރާކަން މި ތަފާސް ހިސާބުތައް އެކުލަވާލުމަށްޓަކައި ހެދި ދިރާސާއިން ދައްކާ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

ތަފާސް ހިސާބުތަކުގައިވާގޮތުން، 2022 ވަނަ އަހަރު ނިމުނު އިރު 168 ރިސޯޓެއް އޮޕަރޭޓުކުރަމުންދެއެވެ. އަދި އެ އަހަރު ނިމުނު އިރު 31 އިންސައްތަ ރިސޯޓުތަކުގައި 50-150 އާއި ދެމެދުގެ އަދަދަކަށް އެނދު ތިބިކަމަށާއި 29 އިންސައްތަ ތަންތަނުގައި 151-250 އާއި ދެމެދު ތިބިކަމަށެވެ. 22 އިންސައްތަ ރިސޯޓުތަކުގައި 251-350 އާއި ދެމެދު އަދަދަކަށް އެނދު ތިބިއިރު 50 އެނދަށްވުރެ މަދުން ހުރީ 1 އިންސައްތަ ރިސޯޓުތަކުގައިކަމަށާއި ބާކީ ތަންތަނުގައި 350 އަށްވުރެ ގިނަކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: