ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޕާޓްމެންޓް ހަވާލުކުރުމުގެ މުއްދަތު އިތުރު ކޮށްދިނުމަށް ބައްސާމް އެދިއްޖެ!

( އެފްއޭއެމް )ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު
ޝެއާރކޮށްލާ ކަހަލަދޯ؟

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ( އެފްއޭއެމް )ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު، ހުޅުމާލޭގެ އަމީނު އެވެނިއުއިން ގަނެފައިވާ ދެ އެޕާޓްމެންޓް ހަވާލުކުރުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދިއްޖެއެވެ.

ރާއްޖޭގެ ފުޓުބޯޅަ ދަށް ހާލަތަކަށް ދާން ޖެހުމުގެ ޒިންމާ ނަގަން ޖެހޭކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ބައްސާމަށް ހިޔާނާތާއި، ކޮރަޕްޝަނުގެ ގިނަ ތުހުމަތުތައް ކުރެވެ އެވެ. އެފްއޭއޭމް މެދުވެރިކޮށް ލިބުނު ފައިސާ އަމިއްލަ އެކި ބޭނުންތަކަށް ހޭދަކޮށް ޕެންޓް ހައުސް ގަނެ، ވިޔަފާރިތައް ހުޅުވިކަމަށް ބައްސާމްގެ މައްޗަށް ތުހުމަތު ކުރެވެ އެވެ. އަދި އެންމެ ފަހުން އޭނާއާއި ދެކޮޅަށް ފެންމަތިވީ އެފްއޭއެމްގެ ފައިސާތައް ބޭނުންކޮށްގެން ދެ ޕެންޓް ހައުސް ގަނެފައިވާ މައްސަލަ އެވެ.

އެޕާޓްމެންޓްގެ މައްސަލަ ފުލުހުންގެ ތަހުޤިޤަށް އެގިފައިވަނީ، އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި 10،000 ޑޮލަރު ބައްސާމުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް އެ ފައިސާއަށް ހިޔާނަތްތެރި ވެފައިވާކަމަށް ކުރި ތަހުޤީގުގެ ތެރެއިންނެވެ. ދައުވާ ކުރުމަށް ފޮނުވައިފައިވާ މި މައްސަލައިގެ ތަހުޤީޤުގެ ތެރެއިން، އެނގުނު އެޕާޓްމެންޓްތަކަށް ބައްސާމް ވަނީ 3 މިލިއަން ރުފިޔާ ބޭނުން ކޮށްފައެވެ.

ފުލުހުންގެ ތަހުގީގަށް ލިބުނު އިތުރު މައުލޫމާތުތަކުގެ ތެރޭގައި، އަމީން ކޮންސްޓްރަކްޝަނަށް ފައިސާ ދެއްކުމަށް ފަހު، ފައިސާގެ އަސްލު އޮޅުވާލުމަށް ލިޔެކިއުން ތައްޔާރުކޮށް މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާފައިވުން ހިމެނެ އެވެ. ކޮވިޑުގެ ތެރޭގައި އެފްއޭއަމަށް ލިބުނު ލޯނަކީ ފީފާ މެދުވެރިކޮށް ކޮވިޑު ރިލީފް ފަންޑުގެ ގޮތުގައި ލިބުނު 1.9 މިލިއަން ޑޮލަރެވެ. މީގެއިތުރުން އެފްއޭއެމްއަށް ލިބެން ޖެހޭ ބައެއް ފައިސާތަކެއް ލިބުނުކަމަށް ދެއްކުމަށް ބައްސާމް ކުންފުންޏަކުން ލޯނެއް ވެސް ނަގާފައި ވެއެވެ.

އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ބައްސާމްގެ މިލްކިއްޔާތުގައިވާ ހުޅުމާލެ އަމީން އެވެނިއުގެ ދެ އެޕާޓްމަންޓް 6 އޮކްޓޯބަރގެ ކުރިން ފުލުހުންނާ ހަވާލުކުރުމަށް ކޯޓުން އަމުރުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. އެ ދެ އެޕާޓްމަންޓް ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ވަނީ ބުނެފައިވެ އެވެ. ފުލުހުން މިއަދު ބުނީ އެ އެޕާޓްމަންޓްތައް ހަވާލުކުރުމަށް މިމަހުގެ 31 ވަނަ ދުވަހާ ހަމައަށް މުއްދަތު ދިނުމަށް ބައްސާމްގެ ވަކީލުން ސިޓީއަކުން އެދިފައިވާ ކަމަށެވެ. އަދި އެ ސިޓީއަށް ޖަވާބެއް ދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވައި ކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: