ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަން ޕްރިވެންޝަންގެ ދާއިރާއިން އޭސީސީގެ މުވައްޒަފުން ތަމްރީނުކުރުމަށް އައިސީއޭސީ އާއެކު މަޝްވަރާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަން ޕްރިވެންޝަންގެ ދާއިރާއިން އޭސީސީގެ މުވައްޒަފުން ތަމްރީނުކުރުމާއި ގާބިލްކަން އިތުރުކުރުމަށް ހޮންގ ކޮންގުގެ އިންޑިޕެންޑެންޓް ކޮމިޝަން އަގެއިންސްޓް ކޮރަޕްޝަން (އައި.ސީ.އޭ.ސީ) އެކު މަޝްވަރާކޮށްފިއެވެ.

އައި.ސީ.އޭ.ސީ ގެ ކޮމިޝަނަރ ޑެނީ ޔެންގ މިންގ ވޫގެ ރަސްމީ ދަޢުވަތަކަށް، އޭސީސީގެ ރައީސް ހޮންގ ކޮންގ އަށް ރަސްމީ ދަތުރުފުޅެއް ވާނީ ކުރައްވާފައެވެ. މި ދަތުރު ކުރިޔަށް ގޮސްފައިވަނީ 9 ސެޕްޓެމްބަރ 2024 އިން 12 ސެޕްޓެމްބަރ 2024 އަށެވެ.

އައި.ސީ.އޭ.ސީއިން ހުރިހައި ޚަރަދުތައް ހަމަޖައްސަވައިދެއްވި މި ދަތުރުގެ މައިގަނޑު ބޭނުމަކީ އޭސީސީއާއި އައި.ސީ.އޭ.ސީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވެން ހުރި ކަންކަމާމެދު މަޝްވަރާކުރުމާއި ދެ މުއައްސަސާގެ މެދުގައި ރަސްމީ ފަހުމުނާމާއެއްގައި ސޮއިކުރުމެވެ.

މިދަތުރުފުޅުގެ ތެރެއިން އައި.ސީ.އޭ.ސީ ކޮމިޝަނަރ އާއި އެ ކޮމިޝަނުގެ ވެރީންވަނީ އޭސީސީގެ ރައީސްއަށް މަރުޙަބާދަންނަވައި ރަސްމީ ބައްދަލުވުމެއް ބާއްވަވާފައެވެ.

މި ބައްދަލުވުމުގައި ދެ ކޮމިޝަނުން ގުޅިގެން މަސައްކަތްކުރާނެ މައިގަނޑު ކަންކަމާމެދުވަނީ މަޝްވަރާކުރައްވާފައެވެ. އަދި ހާއްސަކޮށް ތަހުގީގުކުރުމާއި ކޮރަޕްޝަން ޕްރިވެންޝަންގެ ދާއިރާއިން ކޮމިޝަނުގެ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް މުވައްޒަފުން ތަމްރީނުކުރުމާއި ގާބިލްކަން އިތުރުކުރުމަށް އެކި ދާއިރާތަކުން މަޝްވަރާކުރެވިފައިވެއެވެ.

މި މަޝްވަރާގައި ކޮމިޝަނަރ ޑެނީ ޔެންގ މިންގ ވޫވަނީ އޭސީގެ މުވައްޒަފުން އެކި ދާއިރާތަކުން ތަމްރީނުކުރުމުގައި ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވަވާފާވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: