ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި އިދިކޮޅު ސިޔާސީ ޕާޓީއެއް ނެތް: މުސްތަފާ

ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު މުސްތަފާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިވަގުތު ރާއްޖޭގައި އިދިކޮޅު ސިޔާސީ ޕާޓީއެއް ނެތްކަމަށާއި އެކަމަކީ ހިތާމަހުރި ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު މުސްތަފާ ވަނީ ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ. މުސްތަފާ ވިދާޅުވީ، އޮޕޮޒިޝަން ޕާޓީއަކުން ކުރަންޖެހޭ ވަރަށް މަސައްކަތްކުރަމުންދާ ޕާޓީއެއް މިއަދު ރާއްޖޭގައި ނެތްކަމަށާއި އެކަމަކީ ހިތާމަހުރި ކަމެއްކަމަށެވެ.

އޭނާ ވިދާޅުވީ، އެކަށީގެންވާ ގޮތެއްގެ މަތިން މަސައްކަތްކުރާ އޮޕޮޒިޝަން އެއް ނެތުމަކީ ވަރަށް ދެރަ ކަމެއްކަމަށާއި ޑިމޮކްރެޓިކް ނިޒާމުގައި އޮޕޮޒިޝަން ޕާޓީއަކީ މުހިންމު ދައުރެއް އަދާކުރާ ބައެއްކަމަށެވެ. އެހެންމަަވެސް މިއަދު ހަގީގަތުގައި ރާއްޖޭގައި އެ ހައިސިއްޔަތުގެ ޕާޓީއެއް ފެނިގެން ނުދާކަމަށެވެ. މުސްތަފާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ބަލާއިރު އޮޕޮޒިޝަން ޕާޓީއެއްގެ ގޮތުގައި ފެނިގެންދަނީ އެމްޑީޕީކަމަށްވާއިރު އެފަދަ ރޯލެއް އަދާކުރަމުންދާ މަންޒަރު ފެނިގެން ނުދާކަމަށެވެ.

އޭނާ ވިދާޅުވީ، ގައުމު އިސްލާހުކުރުމުގައި ސަރުކާރަށް ފާރަވެރިވެ ކުރާ މަސައްކަތްތަކުގައި ރަނގަޅުގޮތް ބުނެ ދިނުމުގެ ރޫހު އެޕާޓީގެ ފަރާތުން ފެނިގެން ނުދާކަމަށާއި އެހެންކަމުން ސަރުކާރާއި އިދިކޮޅު ޕާޓީއެއް މިވަގުތު އޮތްކަމަށް ދެކިވަޑައިނުގަންނަވާކަމަށާއި އޭނާ އެކަމާއި ހިތާމަކުރައްވާކަމަށެވެ.

މުސްތަފާ ވިދާޅުވީ، ރަނގަޅު ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން މަސައްކަތްކުރާނަމަ އިދިކޮޅު ޕާޓީއެއް އޮންނަން ޖެހޭކަމަށާއި އެހެންނަަމަވެސް ރާއްޖެއިން މިއަދު އެފަދަ ޕާޓީއެއް ފެންނަން ނެތްކަމަށް ތަކުރާރު ކުރެއްވިއެވެ.

އޭނާވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކުރައްވާފައެވެ. މުސްތަފާ ވިދާޅުވީ އެ މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެމްބަރުންގެ ތެރޭގައި ގުޅުން ވަރަށް ބަދަހިކަަމަށާއި އޮތީ ބަދަހި ލަޝްކަރެއްގެ ގޮތުގައިކަމަށެވެ.

މުސްތަފާ ވިދާޅުވީ، ހުރިހާ މެމްބަރުންވެސް މަސައްކަތްކުރަމުންދަނީ އެއް އަމާޒަކަށް ކަމަށާއި އެއީ ރައްޔިތުންނަށް މަންފާތައް ހާސިލުކޮށްދިނުމުގެ ރައީސް ޑރ މުހައްމަދު މުއިއްޒުވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގައި ސަރުކާރަށް އެހީތެރިވުންކަމަށެވެ. އަދި އެކަމުގައި ހުރިހާ މެމްބަރުންވެސް ތިއްބެވީ ސަރުކާރާއިއެކުކަމަަށެވެ.

އޭނާ ވިދާޅުވީ، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ސަރުކާރަށް ހުޅުވައިދޭންޖެހޭ ހުރިހާ މަގެއް ރައްޔިތުންގެ ފަރާތުން މަޖިލިސް މެދުވެރިކޮށް ހުޅުއްވައިދެއްވާނެކަމަށާއި ޕީއެންސީއިން ތިބީ ރައްޔިތުން އެދޭ ކަންކަން ހާސިލުކޮށްދިނުމުގެ އަޒުމުގެ މަތީގައިކަމަށް ސިފަކުރެއްވިއެވެ.

މުސްތަފާ ވިދާޅުވީ، ރައްޔިތުން ޕީއެންސީއަށް މަޖިލީހުގެ ސުޕަރމެޖޯރިޓީ ދިނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައިކަމަށެވެ. އޭނާ ވިދާޅުވީ، ސަރުކާރުން ނެރިފައިވާ ރައީސްގެ ވައުދުތައް ހިމެނޭ ފޮތުގައި ވާގޮތަށް ވައުދުތައް ފުއްދުމަށްޓަކައި ހުޅުވައިދޭންޖެހޭ ހުރިހާ ދޮރެއް މަޖިލީހުން ހުޅުވައިދޭނެކަމަށެވެ. އަދި އެކަމަށްޓަކައި ގެންނަންޖެހޭ ކޮންމެ އިސްލާހަކާއި ގާނޫނެއްވެސް މަޖިލީހުގެ ތެރެއިން ގެންނާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: