ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އިންޑިއާގެ ހާރިޖީ ވަޒީރާއި ބައްދަލުކޮށްފި

ރައީސް މުއިއްޒު އަދި މިނިސްޓަރު ޖައިޝަންކަރު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސް ޑރ މުހައްމަދު މުއިއްޒު އިންޑިއާގެ ހާރިޖީ ވަޒީރު ޑރ ސުބްރަމާނިޔަމް ޖައިޝަންކަރު އާއި ބައްދަލުކުރައްވައިފިއެވެ.

ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފައިވާއިރު، މި ދަތުރުގެ ތެރެއިން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންދާނެކަމަށް ބެލެވޭކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން އަންނަނީ ރިޕޯޓުކުރަމުންނެވެ.

ރައީސް އޮފީހުން އާންމުކޮށްފައިވާގޮތުން ރައީސް މުއިއްޒުވަނީ އިންޑިއާގައި ހުންނަވައިގެން އެ ގައުމުގެ ފޮރިން މިނިސްޓަރު ޖައިޝަންކަރު އާއި ބައްދަލުކުރައްވާފައެވެ. އަދި މި އިހްތިރާމްގެ ޒިޔާރަތުގައި މިނިސްޓަރު ޖައިޝަންކަރުވަނީ ރައީސް މުއިއްޒު އިންޑިއާއަށް ފުރަތަމަ ފަހަރަށް ރަސްމީ ހައިސިއްޔަތުން ވަޑައިގެންފައިވުމަށް މަރުހަބާ ވިދާޅުވެފައެވެ.

ރައީސް އޮފީހުން ބުނެފައިވާގޮތުން މި ބައްދަލުވުމުގެ ތެރެއިން ދެ ފަރާތަކުގެ ޝައުގުވެރިކަން ހުރި ދާއިރާތަކާއި ކުރިމަތިވެފައިވާ މައްސަލަތަކާއި ގުޅޭގޮތުންވެސް މަޝްވަރާތައް ކުރެވިފައިވާކަމަށެވެ. އިންޑިއާގެ ފޮރިން މިނިސްޓްރީއިންވެސް މިކަމާއި ގުޅޭގޮތުން މައުލޫމާތު އާންމުކޮށްފައިވެއެވެ.

އެ މިނިސްޓްރީއިން އެކްސްގައި ހިއްސާކުރިގޮތުން ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފައިވުމާއިމެދު އުފާކުރާކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން ހަރުދަނާކުރުމަށްޓަކައި އެމަނިކުފާނު ދެއްވާ އަހައްމިއްޔަތަށް ޝުކުރުވެރިވާކަމަށެވެ. އެ މިނިސްޓްރީއިން ބުނެފައިވާގޮތުން މާދަމާގެ ވަގުތެއްގައި ރައީސް މުއިއްޒު އަދި އެ ގައުމުގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ ދެމެދު ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ މަޝްވަރާތަކުގެ ތެރެއިން އައު ދިރުމެއް ލިބިގެންދާނެކަން ޔަގީންވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: