ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިއްލީއަކީ ވިޔަފާރިވެރިންނަށް ފަސޭހަ ހަބަކަށް ހަދާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ނިއު ދިއްލީއަކީ، ރާއްޖޭގެ ވިޔަފާރިވެރިންނަށް ފަހި ހަބަކަށް ހައްދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދަޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ، އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިރޭ ނިއުދިއްލީގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

އިންޑިއާގެ ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާއާއި ރާއްޖެ ދެމެދު އޮތީ ޒަމާންވީ ގާތް ގުޅުމެއް ކަމަށެވެ. ރަސްމީ ދަތުރުފުޅުތަކުގެ ތެރޭގައި އަބަދުވެސް، ދިވެހިންނާއި ބައްދަލުކޮށް ވަގުތު ހޭދަކުރުމަށް މަސައްކަތް ކުރާކަމަށާއި، އެމަނިކުފާނު ބޭނުން ވަނީ ދިމާވާ ދަތިތައް ވެސް ހައްލުކޮށް ޝަކުވާތައް އަޑުއެހުންކަމަށް ރައީސް ވިދާޅުވި އެވެ.

ބޭސްފަރުވާއާއި ތައުލީމާއި އެ ނޫން ވެސް އެކި ކަންކަމުގައި ދިވެހިން އިންޑިއާއަށް ދަތުރު ކުރާތާ، އަދި ދިރިއުޅުން ބަދަލުކޮށް އުޅެމުންދާތާ އަހަރުތަކެއް ވެގެން ގޮސްފައިވާއިރު ރައީސް ވިދާޅުވީ އެމަނިިކުފާނުގެ ސިޔާސަތުތައް ބައްޓަން ކުރައްވާފައި ވަނީ، ވީހާވެސް ލުއި ގޮތްތަކެއް ހަމަޖެހިގެން ދިއުން ކަމަށެވެ. އިންޑިއާގައި ދިވެހި އެމްބަސީއެއް ހުރި ނަމަވެސް ބޭނުން ވަނީ، މިހާރަށް ވުރެ ހިދުމަތްތައް ރަނގަޅު ކުރުންކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ، ދިއްލީއަކީ ވިޔަފާރިވެރިންނަށް ފަސޭހަ ހަބަކަށް ހައްދަވާނެކަމަށެވެ

މިއީ ފޮރިން މިނިސްޓަރުގެ މަގާމާއި ހަވާލުވުމަށް ފަހު، ޚަލީލް ފުރަތަމަ ފަހަރަށް ދެއްވި ބަސްދީގަތުމެވެ. ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ގާތުން ހިދުމަތް ދިނުމަށް ރައީސްގެ އިރުޝާދު އަބަދުވެސް ލިބެމުންދާކަން ފާހަގަކުރައްވައި ޚަލީލް ވިދާޅުވީ މި ދައުރުގެ ތެރޭގައި ކުރިޔަށް ވުރެ ގާތް ގުޅުމެއް ގާއިމު ކުރެވި މަސައްކަތްތައް ހަރަދުދަނާ ވެގެން ދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ދަތިތައް ހައްލު ކުރުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ގިނަ ނަމަވެސް، ޚަލީލް ވިދާޅުވީ އިންޑިއާގައި ދިރިއުޅޭ ރައްޔިތުންނަށް ދޭން އޮތް ޔަގީންކަމަކީ ރަައްޔިތުންނާއި ގާތް ގުޅުމެއް އުފެއްދުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: