ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ކުރިމަގަށް އާންމު މެންބަރުންގެ ޙިޔާލު ހޯދުމަށް އުތުރަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ޕާޓީގެ މުސްތަޤުބަލު އަދި ކުރިމަގު ރޭވުމަށްޓަކައި އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ މަޤްޞަދުގައި އުތުރުގެ އަތޮޅުތަކަށް ދަތުރުފުޅެއް ކުރެއްވުމަށް ނިންމައިފިއެވެ.

އެމްޑީޕީގެ ފަރާތުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) ވިދާޅުވީ، އެމްޑީޕީގެ މުސްތަޤުބަލާއި ކުރިމަގު ބައްޓަންކުރުމަށްޓަކައި އާންމުންގެ ޚިޔާލު ހޯދުމަށް އުތުރުގެ އަތޮޅުތަކަށް ޒިޔާރަތްކުރުމަށް ނިންމާފައިވާ ކަމަށެވެ. މި ދަތުރުފުޅުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 10 އިން 15 އަށް ކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.

މުހައްމަދު ރަޝީދު އިތުރަށް ވިދާޅުވީ، ރޯޑްމެޕްގެ ދަތުރުފުޅުތައް މީގެ ކުރިންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރައްވާފައިވާ ފަދައިން، މި ފަހަރުވެސް ތިލަދުންމަތީގެ އުތުރުބުރި، ތިލަދުންމަތީ ދެކުނުބުރި އަދި މިލަދުންމަޑުލު އުތުރުބުރީގެ ގިނަ ރަށްތަކަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނެވޭ އިޞްލާޙުތަކާ ގުޅިގެން، ރާއްޖޭގެ އެކި ކަންކޮަންކޮޅުތަކުގެ ކަންބޮޑުވުންތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް، މި ތިން އަތޮޅަށް ނިސްބަތްވާ އެންމެހައި ކައުންސިލަރުންނާއި ރާއްޖޭގެ ހުރިހާ ސިޓީތަކުގެ މޭޔަރުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހދ. ކުޅުދުއްފުށީގައި ކޮންފަރެންސެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މުހައްއްމަދު ރަޝީދު ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލާއި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.

”ލާމަރުކަޒީ ޤާނޫނަށް ގެނެވޭ އިޞްލާޙުތަކާ ގުޅިގެން، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކަންބޮޑުވުންތަކާއި، ކައުންސިލަރުންގެ ބާރުތައް ގެއްލިގެންދާކަން ފާހަގަކުރެވޭ. ކުރީގައި އޮތް މަރުކަޒީ ވެރިކަމުގެ ނިޒާމަށް ރަށްތައް އަނބުރާ ބަދަލުވަމުންދާކަން ފާހަގަކުރެވޭއިރު، ރަށްރަށުގައި ކުރަންޖެހޭ ކަންކަމުގެ ގޮތުގައި ޤަބުރުސްތާނު ބެލެހެއްޓުމާއި މަގުތައް ސާފުކުރުން ފަދަ އަސާސީ ކަންކަމަށް އެކަނި ތަރުތީބުވަމުންދާތީ، މި މައްސަލަތަކާ ގުޅޭގޮތުން ކުޅުދުއްފުށީގައި ބާއްވާ ކޮންފަރެންސްގައި މި ތިން އަތޮޅަށްނިސްބަތްވާ އެންމެހައި ކައުންސިލަރުންނާއި ރާއްޖޭގެ ހުރިހާ ސިޓީތަކުގެ މޭޔަރުން ބައިވެރިވެވަޑައިގަންނަވާނެ.“

މީގެ އިތުރުން، މި ދަތުރުފުޅުގައި ރައްޔިތުންގެ ފަރާތުން ލިބިވަޑައިގަންނަވާ ޚިޔާލުތަކުގެ އަލީގައި ވަގުތުން ތަންފީޛުކުރަންޖެހޭ ކަންކަން ތަންފީޛުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމްޑީޕީއިން އެންމެ ފަހުން ބޭއްވެވި ޤައުމީ މަޖިލީހުގައިވެސް ވަރަށް ގިނަ މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ބިގޭ ފާހަގަކުރެއްވިއެވެ.

މި ދަތުރުފުޅުތަކަކީ އެމްޑީޕީގެ މުސްތަޤުބަލާއި ކުރިމަގު ބައްޓަންކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އަދި ލާމަރުކަޒީ ނިޒާމަށް ގެނެވޭ ބަދަލުތަކާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތައް ޙައްލުކުރުމަށް މަގުފަހިކޮށްދޭނެ ފުރުޞަތެއްގެ ގޮތުގައިވެސް މި ދަތުރުފުޅުތައް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: