ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުއްދަނެތި އަތުޖެހި ވިއްކާތީ، ސަމާލުވުމަށް އެދިއްޖެ!

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ”ހިންނަވަރު އަތުޖެހި“ ނަމުގައި ވިއްކަމުންދާ ދިވެހި އުފެއްދުމަކަށް ސަމާލުވުމަށް އަންގައިފިއެވެ.

އެ އޮތޯރިޓީން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ، ”ބްރައިޓް ވިއު“ ބްރޭންޑްގެ ދަށުން ވިއްކަމުންދާ މި އުފެއްދުމަކީ ”އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރުކުރުމުގެ އުސޫލު“ ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ އުފެއްދުމެއް ނޫން ކަމަށެވެ. އަދި މި އުފެއްދުމުގައި ޖަހާފައިވާ ނަންބަރަކީވެސް ޞައްޙަ ނަންބަރެއް ނޫންކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

މި ކަމާ ގުޅިގެން، އާންމު ރައްޔިތުންނަށް މި އުފެއްދުން ގަތުމުގައި ސަމާލުވުމަށް އެމް.އެފް.ޑީ.އޭ އިން އިލްތިމާސްކޮށްފައިވެއެވެ. އަދި މިފަދަ އުސޫލާ ޚިލާފު އަމަލެއް އެއްވެސް ފަރާތަކުން ކުރާކަން ފާހަގަކުރެވިއްޖެނަމަ، އެ އޮތޯރިޓީގެ 7603204 ނުވަތަ 3014361 ނަންބަރަށް ރިޕޯޓުކުރުމަށް އެދިފައިވެއެވެ.

އެމް.އެފް.ޑީ.އޭ އިން އަލަށް ކަނޑައަޅާފައިވާ މިންގަނޑުގައި، ކާބޯތަކެތި އުފެއްދުމާއި ވިއްކުމާ ގުޅޭ އާންމު ޝަރުޠުތަކާއި، ބަދިގެއާއި ހިފާގެންގުޅޭ ސާމާނުގައި ހުންނަންޖެހޭ ޝަރުޠުތައް ހިމަނާފައިވެއެވެ. މީގެ ތެރޭގައި:

1. ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކުގެ ތަމްރީނާއި ހުނަރު.
2. ކާބޯތަކެތި ލޭބަލްކުރުމުގެ މިންގަނޑުތައް.
3. އާންމު ސާފުތާހިރުކަން ކަށަވަރުކުރުން.
4. ރައްކާތެރި ބާވަތްތައް ބޭނުންކުރުން.

މީގެ އިތުރުން، ވިޔަފާރީގެ އުސޫލުން ގޭގައި ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކުން ”ދިރިތި“ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީވުން ލާޒިމުކޮށްފައިވެއެވެ. އަދި މި ގޮތުން ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ މަޢުލޫމާތު ”ދިރިތި ޕޯޓަލް“ އާއި ޞިއްޙަތާބެހޭ ވުޒާރާގެ ވެބްސައިޓުގައި ޢާންމުކުރެވޭނެ ކަމަށްވެސް އިޢުލާނުކޮށްފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: