އިންޑިއާ އާއި ރާއްޖެ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރެވިގެން އައި ހުރިހާ އަހަރަކަށް ބެލިނަމަވެސް ދެގައުމުގެ ދެމެދުގައި މިހާރު ނިންމާފައިވާ މުހިންމު ކަންކަން ނިންމާފައި ނުވާ ކަމަށާއި އިންޑިއާ އަކީ ރާއްޖޭގެ އެންމެ ބޮޑު ޓްރޭޑް ޕާޓްނަރުކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސަންގަށް ދެއްވި ހާއްސަ އިނިްޓަވިއުއެއްގައި މިނިސްޓަރ ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ހުރިހާ ގޮތަކުން ވެސް ތާރީހީކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް މުއިއްޒު ކުރެއްވި ބައްދަލުވުމުގައި ވިޝަން ސްޓޭޓްމެންޓެއް އެކުލަވާލައި، އެ އެ ވިޝަން ސްޓޭޓްމަންޓްގައި ރައްޔިތުންނާއި ހަމައަށް ވިޔަފާރިއާއި ދެ ގައުމުގެ ކަންކަން ގެންދަންޖެހޭނެ ހަރުދަނާ އުސޫލު ގެނެސްދެއްވާފައިވާކަމަށް ސައީދު ވިދާޅުވިއެވެ.
އޭގެތެރޭގައި އެންމެ ބޮޑު އެއް ބަޔަކީ ސައީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމާއި ރާއްޖޭގެ އިންވެސްޓްމެންޓްގެ ހަރުދަނާކުރުމާއި ރާއްޖެއަކީ އެކްސްޕޯޓް އިތުރުކޮށް ޓުއަރިޒަމްގެ ދާއިރާއިންވެސް ބޮދެތި ކުރިއެރުންތައް ލިބޭނެ ގައުމެއްގެގޮތުގައި ކުރިއަށް ގެންދިއުމެވެ.
އަޅުގަނޑު ތާރީހީ ދަތުރުފުޅެކޭ މިދަންނަވަނީ މީގެކުރިއާއި މިހާރާއި ތަފާތުވާ ސަބަބުތަކެއްވެސް ހުރުމާއި އެކު. ވަރަށްބޮޑަށް މިދެންނެވިހެން އިކޮނިމިކް އިންޓަރ ގްރޭޝަނައަށް ވަރަށް ބޮޑަށް ރައީސް ޑރ. މުއިއްޒު ވާހަކަފުޅު ދައްކަވާފައިވޭ. ފާހަގަކޮށްލެވޭ ބައެއްކަންކަމުގެ ތެރޭގައި މިސާލަކަށް ދެ ގައުމުގެ ބައިލެޓްރަލް ޕްރީޓްރޭޑް އެގްރިމެންޓްތަކަށް ވަނުމަށް މިވަނީ ނިންމާފައި. މިއީ ވަރަށް ތާރީހީ ބަދަލެއް. އިންޑިއާ އާއިއެކުގައި އަޅުގަނޑުމެން މިހާހިސާބަށް މިއައި ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްގެން މިއަީ ހުރިހާ އަހަރަކަށް ބެލިޔަސް ރާއްޖޭގެ ވެރިއެއް ދެ ގައުމުގެ ލީީޑަރުން އިންޑިއާ އާއި ދިވެހިރާއްޖޭގެ މިފަދަ މުހިންމު ނިންމުމެއް ނިންމާފައެއް ނުވޭ. އަޅުގަނޑުމެންގެ އެންމެ ބޮޑު ޓްރޭޑް ޕާޓްނަރަކީ އިންޑިއާ
މީގެއިތުރުން ރުޕޭ ކާޑާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ސައީދު ވިދާޅުވީ އިންޑިއާއިން ދިވެހިރާއްޖެއަށް ދަތުރު ކުރާ ހުރިހާ ފަރާތްތަކަށް ރުޕޭ ކާޑު ބޭނުން ކުރެވޭނެ ކަމަށެވެ. އޭގެތެރޭގައި ޕޮއިންޓް އޮފް ސޭލް، ސޭލްސް ޓާމިންލ، ރިސޯޓު އަދި ރާއްޖޭގައި ވިޔަފާރިކުރާ ޕީއޯއެސް ހުރި ހުރިހާ ތަނެއް ގައި ބޭނުން ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ސައިޑު ވިދާޅުވވީ މިކަމާއެކުގައި ރާއްޖެއަށް އަންނާނެ އިމްޕެކްޓަކީ ރާއްޖެއަށް ޒިޔާރަތް ކުރާ މީހުންނާއި އަދި ޙާއްސަކޯށް އިންޑިއާގެ ރައްޔިތުންނަށާއި އެ ގައުމުން ދަތުރު ކުރާ މީހުންނަށް އެމީހުންގެ އަމިއްލަ ކާޑެއް ލިބިގެން ދާނެ ކަމަށެވެ.

