ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާގެ މާހައުލުގައި ނަފްސާނީ ސިއްހަތަށް އިސްކަން ދެވިއްޖެނަމަ، މުވައްޒަފުންގެ ދުޅަހެޔޮކަން ރަނގަޅުވޭ: ނާޒިމް

ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސައްކަތު މާހައުލުގައި ނަފްސާނީ ސިއްހަތަށް އިސްކަން ދެވިއްޖެ ނަމަ މުވައްޒަފުންގެ ދުޅަހެޔޮކަން ރަނގަޅުވެ މުއައްސަސާތަކުގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހު މިނިސްޓަރ ވިދާޅުވީ، މުވައްޒިފުންނަށް ރާއްކާތެރި، އަޅައިލާ އޯގާތެރި މަސައްކަތު މާހައްލެއް ބިނާކުރުމަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިކޮށްދޭ ކަމެއް ކަމަށެވެ. އަދި ވަޒީފާގެ މަޤުޞަދުތައް ހާސިލްކުރުމަށް އެކަން ކުރުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވި، ނަފްސާނީ ޞިއްޙަތަކީ ހަމައެކަނި ފަރުދީ ޒިންމާއެއް ނޫން ކަމަށާއިު މުޖްތަަމައުގެ ފަރާތްތަކުން އެކަމަށް ހޭލުންތެރިވެ ނަފްސާނީ ބަލިކަމާ ދެކޮޅަށް އެޅެންހުރި ފިޔަވަޅުތައް އެޅުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ނަފްސާނީ ބަލީގެ ޙާލަތު ރާއްޖޭގައި އެއްދުވަހުން އަނެއްދުވަހަށް ނުރައްކާތެރިވަމުންދާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދުުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާއިން ފާހަގަކޮށްފައިވާ ގޮތުގައި ދުނިޔޭގެ ނިސްބަތުގައި ކޮންމެ 8 މީހަކުން އެކަކީ ނަފުސާނީ އުނދަގޫ ތަކެއް ތަހައްމަލުކުރަމުން ދެއެވެ. 2022 ވަނަ އަހަރުގެ ޑަބްލިޔު އެޗްއޯގެ ސްޓެޕް ސާވޭއިން ހާމަވެފައިވާގޮތުން،

ޑިޕްރެޝަންގެ އަލާމަތްތައް ކޮންމެ 5 މީހަކުން އެކަކު ތަހައްމަލުކުރެއެވެ. އަދި ނަފްސާނީ ބައްޔެއްގެ ސަބަބުން އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ޚިޔާލު ކޮންމެ 20 މީހަކު އެކަކުގެ ހުންނަ ކަމަށް ވަނީ ފާހަގަކުރައްވައި ފައެވެ. ޑިޕްރެޝަނާއި އަދި ހާސްކަމުގެ ސަބަބުން އަހަރަކު 12 މިިލިއަން މަސައްކަތު ދުވަހުގެ ގެއްލުން ލިބޭ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނަފްސާނީ ބަލިތަކަށް ކުރިއާލާއި ތައްޔާރު ނުވެވިއްޖެނަމަ، ފަރުވާ ދިނުމަށް ހުރި ގޮންޖެހުމުގެ ސަބަބުން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސްގެ އަމާޒަކީ ނަފްސާނީ ސިއްޙަތަށް ފުޅާފާއިރާއެއްގައި އިންވެސްޓްކޮށް ނަފްސާނީ ޞިއްޙަތުގެ ފަރުވާ ލުއިގޮތެއްގައި ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ނަފްސާނީ ދުޅަހެޔޮކަމުގެ ފަރުވާ ފުޅާކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް ވަނީ ފާހަގަކުރައްވަިއފައެވެ. ސަރުކާރުގެ އެޖެންޑާގައި ނަފްސާނީ ޞިއްޙަތުގެ ހެލްޕްލައިން ނަންބަރެއްގެ ގޮތުގައި 1677 ވަނީ ހަމަ ޖައްސައިފައެވެ. އަދި އެ ޙިދުމަތް މިހާރު ކޮންމެ ގަޑިއެއްގައިވެސް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.

މި އަހަރު ނަފްސާނީ ޞިއްޙަތުގެ ދުވަހުގެ  ޝިޢާރުގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވަނީ ”މަސައްކަތުގެ ވެށީގައި ނަފްސާނީ ދުޅަހެޔޮކަން މި ޝިއާރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: