ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ކުރަނީ ރައްޔިތުންނަށް ފައިދާވާނެ މަސައްކަތެއް، ފޮރުވާނެކަމެއް ނެތް: ހަލީލް

ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ދިމާވާ ކޮންމެ ހާލަތެއްގައި އެންމެ ބޮޑަށް އެހީތެރިވެދޭ އެއް ގައުމަކީ އިންޑިއާކަމަށް ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެެވެ.

ހަލީލް މިފަދައިން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅާއި ގުޅޭގޮތުން ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ. ރިޔާސީ ކެމްޕެއިނުގެ ދުވަސްވަރުން ފެށިގެން މިއަދާއި ހަމައަށް ސަރުކާރުން ދަމަހައްޓާ އުސޫލަކީ ހަލީލް ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ދިވެހި ގައުމު އިސް ކުރުމެވެ.

އިދިކޮޅުގައި ތިބެ މީގެ ކުރިން ދައްކަމުން އައީ ހާރިޖީ ސިޔާސަތުތަކެއްގެ ސަބަބުން ލިބެމުން ދިޔަ ގެއްލުންތަކާއި، ދިވެހި ރައްޔިތުން އޭގެ ނަތީޖާއެއްގެ ގޮތުން ތަހައްމަލު ކުރަން ޖެހުނު ދަތިތަކުގެ ވާހަކަތައްކަމަށް ހަލީލް ވިދާޅުވި އެވެ. އެކަމަކު މިއަދު ޑިޕޮލޮމެޓިކް ހަމަތަކުގެ ތެރެއިން ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ސާފު ހިތަކައިގެންކަމަށް ހަލީލް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ ދިވެހި ސަރުކާރުން ކުރާ މަސަައްކަތް ގުޅިފައި ވަނީ، ރައްޔިތުންނަށް ކުރާނެ ފައިދާތަކާއި ކަމަށެވެ. އަދި ކުރާ މަސައްކަތުގައި ފޮރުވާނެ އެއްވެސްކަމެއް ނެތްކަމަށާއި، ޒަމާންވީ މި ގާތް ގުޅުމުގައި ދިވެހި ގައުމު ބޭނުންވި ކޮންމެ ހާލަތެއްގައި އިންޑިއާގެ އެހީ ލިބުނުކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެހެންވީމަ ފޮރުވާނެ އެއްވެސް ކަމެއް ނެތް މި ގުޅުމުގެ ތެރޭގައި. އިންޑިއާއަކީ ޒަމާނުއްސުރެ ޜާއްޖެއާއި އެކު އެންމެ ގާތްކޮށް އަބަދުވެސް މަަސައްކަތް ކުރާ އެއްގައުމު. ރާއްޖެއަށް ދިމާވާ ކޮންމެ ހާލަތެއްގައި އެންމެ ބޮޑަށް އެހީތެރިވެދޭ އެއް ގައުމު. ރާއްޖެއަށް ދިމާވާ ގޮންޖެހުންތަކުގައި އަބަދުވެސް ކުރިއަށް އޮންނަ ގައުމެއް. އެހަގީގަތް އިއްޔެވެސް އަދި މިއަދަކުވެސް އެ ހަގީގަތް ބަދަލެއް ނުވޭ. އަދިވެސް އިންޑިއާ އޮތީ އެގޮތަށް

މިނިސްޓަރ ހަލީލް ވިދާޅުވީ ދެގައުމުގެ ދުޅުމުގެ ތެރޭގައި ކުރާން އޮތް ކަމަކީ އިހުލާސްތެރި މަސައްކަތެއް ކުރާތަން ދެއްކުން ކަމަށާއި އެކަން ރައީސް ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ގެންދަވަނީ ކުރައްވަމުން ކަމަށް ވިދާޅުވިއެވެ. މިފަހުގެ ތާރީހެއްގައި ރާާއްޖޭގެ ރައީސަކު އިންޑިއާއަށް ވަޑައިގަތުމުން އެގައުމުން ވިދާޅުވި އެންމެ ހޫނު މަރުހަބާ އަކީ ރައީސް މުއިއްޒުއަށް ވިދާޅުވި މަރުހަބާ ކަމަށް ހަލީލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: