ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އާ ދުރުން އުތުރާއި ދެކުނުގައި ދެ ކޮޅިގަނޑު އުފެދިފައިވޭ: މެޓް

ރާއްޖެ އާ ދުރުން އުތުރާއި ދެކުނުގައި ދެ ކޮޅިގަނޑު އުފެދިފައިވޭ: މެޓް --- --- ފޮޓޯ/މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ހޯމަޔާއި ހަމައަށް ބޮޑުބަޔަކަށް ގަދަވަޔާއެކު ވިއްސާރަކޮށް ގުގުރާނެ ކަަމަށް ލަފާ ކުރެވޭ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނެފައި ވަނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖެ އާ ދުރުން އުތުރާއި ދެކުނުގައި ދެ ކޮޅިގަނޑު އުފެދިފައިވާ ކަމަަށެވެ. އަދި ވޭތުވެދިޔަ 4 ދުވަހު އުތުރާއި މެދު ރާއްޖެތެރޭގެ ސަަރަހައްދަށް އާއްމުވައި ގަދަވެ، ވިލާގަނޑުގައި ވައި ވަރަށް ގަދަވެފައިވާ ކަަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

އެގޮތުން ވިލާގަނޑުގައި އެންމެ ވައިގަދަވިކަމަށް ރެކޯޑް ކުރެެވުނީ ބ. ދަރަވަންދޫ އާއި ހުޅުލެއަށެވެ. އެއީ ރޭ 23:10 ހާއިރު ގަޑިއަކު 55 މޭލު ބާރުމިނަށް، އަދި ހުޅުލެއަަށް މިއަދު 5:40ގައި ގަޑިއަކު 58 މޭލަށް އަދި 10:46 ހާއިރު 61 މޭލު ބާރުމިނުގައެވެ. އަދި މި މުއްދަތުގައި އެންމެ ބޯކޮށް ވާރޭ ވެހިފައިވާ ކަމަށް ރެކޯޑް ކުރެވިފައި ވަނީ މިދިޔަ އަންގާރަ ދުވަހު ފުވައްމުލަށް ސީޓީއަށެވެ. އެއީ 120 މިލިމީޓަރުގެ ވާރޭ އެވެ.

މެޓް އޮފީހުން ބުނެފައިވަނީ މޫސުން ކުރިއަށް ލަފާ ކުރާގޮތުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ހޯމަ ދުވަހާއި ހަމައަށް އާއްމު ވައި ގަދަކޮށް ހިފަހައްްޓާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެގޮތުން އުުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކުގައި އެވްރޭޖްކޮށް ގަޑިއަކު 15 މޭލާއި 20 މޭލާއި ދެމެދު ވައިޖެހި ބޮޑުބަޔަކަށް ގަދަވަޔާއެކު ވިއްސާރަކޮށް ގުގުރާނެ ކަަމަށްވެސް ލަފާ ކުރެވޭ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި އެވްރޭޖްކޮށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭ ކަމަށާއި ބައެއް އަތޮޅުތަކަށް ގަދަވަޔާއެކު ވިއްސާރަކޮށް ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ބުނެފައިވަނީ ވިލާގަނޑުގައި ހުރިހާ ހިސާބަކަށްވެސް ގަޑިއަކު 45 މޭލާއި 55 މޭލަށް ވައިގަދަވެ ރާއްޖޭގެ ބަޮޑުބަޔަކަށް ގަދަވަޔާއެކު ވިއްސާރަކޮށް ގުގުރާނެ ކަމަަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އާއްމުކޮށް އުދައަރާ ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މީގެއިތުރުން މެޓު އޮފީހުން ބުނެފައިވަނީ ގަދަވަޔާއެކު ކަނޑުތައް ގަދަވެ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން، ދަތުރުތަކަށް ފެއްޓެވުމުގެ ކުރިން އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްވެސް ވަނީ އިލްތިމާޒް ކޮށްފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: