ގްރޭޓާ މާލެ ސަރަހައްދުގައި އެއްގެއިން އަނެއް ގެއަށް ދިރިއުޅުން ބަދަލުކުރާ ފަރާތްތަކަށް ހާއްސަކޮށް މީޑިއާނެޓުން ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަނާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެމުން މީޑިއާނެޓުން ބުނެފައި ވަނީ ހުޅުމާލެ ފޭސް ދޭއްގައި މީހުން އާބާދު ވަމުން އަންނަ މި ދުވަސްވަރު މާލެ ސަރަހައްދުގައި އެއްގެއިން އަނެއް ގެއަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ އަދަދު އިތުރުވެފައިވާކަމަށެވެ،
މިދިޔަމަހު 15 ވަނަ ދުވަހުން ފެށިގެން މި އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު މާލެ، ހުޅުމާލެ ފޭސް 1 އަދި ފޭސް 2ގެ ގެތަކަށް މި މުއްދަތުގައި ބަދަލުވާ މީހުންނަށް އޮންނާނެ އެވެ. އެގޮތުން މިހާރު ގެންގުޅޭ މީޑިއާނެޓުގެ ޕެކޭޖް ފެމިލީ ޕެކޭޖު ނުވަތަ އެއަށްވުރެ މަތީގެ ޕެކޭޖަކަށް އަޕްގްރޭޑް ކޮށްލައިގެން ބަދަލުވާ ގޭގައި މީޑިއާނެޓް ލައިދިނުމުގެ ހިދުމަތް ހިލޭ ލިބޭނެ އެވެ.
މީޑިއާނެޓްގެ މި ޕްރޮމޯޝަނާއެކު އެފަދަ ފަރާތްތަކަށް ގެ ބަދަލު ކުރުމުގައި އިތުރު ފަސޭހައެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މީޑިއާނެޓަކީ ދިވެހި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުނިފޫހި ފިލުވުމުގެ ހިދުމަތް ދެމުން އަންނަ އާއްމުންގެ އިތުބާރު ލިބިފައިވާ ކުންފުންޏެކެވެ.

