ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސެޕްޓެމްބަރު މަހުގައި މީރާއަށް 2.3 ބިލިއަން!

މީރާގެ އޮފީހުން މީހަކު ހިދުމަތް ހޯދަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން ބުނެފިއެވެ.

މީރާއިން އާންމުކޮށްފައިވާގޮތުން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހޯދާފައިވާ 2.3 ބިލިއަންގެ އާމްދަނީއަކީ ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 93.1 އިންސައްތަ އިތުރު އަދަދެއްކަމަށެވެ. އަދި މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާ ކުރި ވަރަށްވުރެވެސް 28.7 އިންސައްތަ އިތުރުކަމަށެވެ.

2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާ ބަލާއިރު މި އަހަރުގެ ސެޕްޓެމްބަރުގެ އާމްދަނީ އިތުރުވެފައިވާ މައިގަނޑު ސަަބަބަކީ ޖީޖީއެސްޓީގެ އިތުރުން ޓީޖީއެސްޓީއާއި ރިސޯޓު ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވުމުންކަމަށެވެ. އަދި ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީ އާއި ލޭންޑް އެކުއިސިޝަން އެންޑް ކޮންވަރޝަން ފީގެ އަދަދު އިތުރުވުމުގެ ސަބަބުންވެސް ޖުމުލަ އާމްދަނީ އިތުރުވެފައިވާކަމަށެވެ.

މީރާއިން ބުނެފައިވާގޮތުން 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ޖީ.އެސް.ޓީ އަދި ރިޒޯޓްތަކުގެ ކުލި ދެއްކުމުގެ ސުންގަޑި ސަރުކާރު ބަންދު ދުވަހަކާއި ދިމާވުމާއި ގުޅިގެން، އެ ފައިސާ ބަލައިގަނެފައި ވަނީ އޮކްޓޫބަރު 2023ގައިކަމަށެވެ. އަދި 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ސުންގަޑިއަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވުމާއެކު ޖީ.އެސް.ޓީ، ކޯޕަރޭޓް އިންކަމް ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީ، ކުރީގެ ސުންގަޑިތަކަށް މި މަހު ލިބިފައިވުމަކީ، 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާއި އަޅައިބަލާއިރު ސެޕްޓެންބަރު 2024 ގެ އާމްދަނީ އިތުރުވެފައިވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށެވެ.

އެ މުއައްސަސާއިން ބުނެފައިވާގޮތުން ދިވެހިރާއްޖޭގެ ޓޫރިޒަމް ގާނޫނަށް ގެނެވުނު 13 ވަނަ އިސްލާހާއި ގުޅިގެންވެސް އާމްދަނީ އިތުރުވެފައިވާކަމަށެވެ. އެގޮތުން ރިޒޯޓްތަކުގެ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ 99 އަހަރަށް އިތުރުކުރުމުގެ ސަބަބުން ފައިދާތައް ވެފައިވާކަމަށެވެ. އަދި ސެޕްޓެންބަރު 2024 ގައި ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %8.1 އިތުރުވުމާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އާމްދަނީ އިތުރުވެފައިވާކަމަށެވެ.

މީގެ އިތުރުން، ސެޕްޓެންބަރު 2024 ގައި ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %8.1 އިތުރުވުމާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

ސެޕްޓެންބަރު 2024 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ ކަމަށްވެސް ބުނެފައިވެއެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އަކީ ޖުމުލައިގެ 44.5 ނުވަތަ 1.02 ބިލިއަން ރުފިޔާކަމަށާއި ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓުއަރިޒަމް ލޭންޑް ރެންޓުންކަމަށެވެ. އެއީ 15.7 ނުވަތަ 360.78 މިލިއަން ރުފިޔާކަމަށެވެ. މީރާއިން ބުނެފައިވާގޮތުން ޕީރިއަޑް އެކްސްޓެންޝަން ފީ ގެ ގޮތުގައި  229.95 މިލިއަން ރުފިޔާގެ އިތުރުން، އާމްދަނީ އިން ނަގާ ޓެކުހުގެ ގޮތުގައި 147.99 މިލިއަން ރުފިޔާ އަދި އެއާޕޯރޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 101.78 މިލިއަން ރުފިޔާ އާއި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 409.95 މިލިއަން ރުފިޔާގެ އިތުރުން 102.05 މިލިއަން އެމެރިކާ ޑޮލަރުވެސް ހިމެނޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: