ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސްތައް ކުޑަކުރެވޭ ދުވަހެއްވެސް އަންނާނެ: އަނާރާ

ހުރާ ދާއިރާގެ މެމްބަރު އަނާރާ: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވިޔަފާރިވެރިން ދައްކަންޖެހޭ ޓެކްސް ގަވާއިދުން ދައްކަމުން އައުމަކީ މުހިންމު ކަމެއް ކަމަށާއި، އެގޮތުގެ މަތިން އަމަލުކުރެވިގެންދާނަމަ ޓެކްސްތައް ކުޑަކުރެވޭނެ ދުވަހެއްވެސް އަންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަނާރާ ވިދާޅުވީ، ޓެކްސް ބޮޑުކުރުމަށް އިސްލާހުތަކެއް ހުށަހެޅި، އެކަމުގެ މަޝްވަރާތައް ކުރެވެމުންދާއިރު ގަބޫލުކުރަންޖެހޭ ހަގީގަތެއް އޮތް ކަމަށެވެ. އެގޮތުން، ރާއްޖޭގެ އިގްތިސާދީ ދާއިރާގެ ހުރިހާ ގުނަވަންތަކަށްވުރެ ގައުމު އިސްވާނެކަމަށާއި، ސަރުކާރުން ޓެކްސް ބޮޑުކުރުމަށް ނިންމަވަނީ އެކަމަކީ ރާއްޖެއަށް މުހިންމު ކަމަކަށް ވުމުން ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އަނާރާ އިތުރަށް ވިދާޅުވީ، މަޖިލީހަށް ބިލުތަކެއް ހުއް ހުށަހެޅުމަށް ނިންމީ ރާއްޖޭގެ އާމްދަނީ އިތުރުކުރުން ވަރަށް ބޮޑަށް ބޭނުންތެރިވުމުން ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި ޓެކްސް ބޮޑުކުރުމުގެ ސަބަބުން ރައްޔިތުންނަށް ފައިދާތަކެއް ވާނެކަމަކީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ވިޔަފާރިވެރިންނާއި އާންމުންގެ އިތުރުން އެކި ސިނާއަތުތަކަށް ނިސްބަތްވާ ފަރާތްތަކުންވެސް ގައުމާމެދު ވިސްނަން ޖެހޭކަމަށާއި، އެންމެނަށްވެސް ލިބިފައިވާ އެންމެ ބޮޑު ރައުސްމާލަކީ ދިވެހިރާއްޖެ ކަމަށެވެ. އެހެންކަމުން، ގައުމަށް ހެޔޮއެދިގެން މަސައްކަތްކުރާއިރު ވިޔަފާރިވެރިންވެސް ދައްކަންޖެހިފައިވާ ޓެކްސް ފައިސާ ގަވާއިދުން ދައްކަމުން ދިއުން މުހިންމު ކަމަށާއި، އެގޮތުގެ މަތިން އަމަލުކުރެވޭނަމަ ކުރިމަގުގައި ޓެކްސްގެ އަދަދުތައް ކުޑަކުރުމަށް ފުރުސަތު އޮންނާނެ ކަމަށް އަނާރާ ވިދާޅުވިއެވެ.

މީގެއިތުރުން، އަނާރާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވަމުންދާ ފިޔަވަޅުތަކަކީ ގައުމުގެ ހެވާއި ލާބައަށްޓަކައި އަޅުއްވަމުންދާ ފިޔަވަޅުތަކެއްކަން ޔަގީންކުރައްވާ ކަމަށާއި، އެކަމުގެ ފައިދާތައް ވެގެންދާނީ ރައްޔިތުންނަށް ކަމަށެވެ. އޭގެ ތެރެއިން ސިނގިރޭޓުގެ ބާވަތްތަކުން ނަގާ ޓެކްސް އިތުރުކުރުމާއި ވޭޕު މަނާކުރުމަށް ނިންމި ނިންމުން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: