ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

3 ކެފޭ އެއް ބަލައި 5 ބިދޭސީން އިމިގްރޭޝަން ބެލުމުގެ ދަށަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

އިމިގްރޭޝަނުން ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން މާލެ ސަރަހައްދުގެ 3 ކެފޭއެއް ބަލައި 5 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ހިއްސާ ކުރެއްވި މައުލޫމާތުގައި ބުނެފައި ވަނީ، މާލޭގައި ކުރިއަށް ދިޔަ ރެއިޑް އޮޕްރޭޝަނުގައި 3 ކޭފޭއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. މާލޭގައި ކުރިއަށް ގެންދިޔަ މި ރެއިޑް އޮޕަރޭޝަނުގައި ވަނީ ޤަވައިދާ ހިލާފަށް އުޅެމުން ދިޔަ 5 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސް ފައެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން، މިހާތަނަށް 4000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ރާއްޖެއިން ޑީޕޯޓްކޮށްލައި ފައެވެ. މީގެ އިތުރުން، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރިއަށްގެންފާ ”އޮޕަރޭޝަން ކުރަނގި“ މުޅި ރާއްޖެއަށް ވަނީ ފުޅާކޮށްފައެވެ. އަދި މި އޮޕަރޭޝަނުގައި މިހާތަނަށް 6891 ބިދޭސީއެއްގެ ބަޔޯމެތްރިކް ޑޭޓާ ވަނީ އެއްކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ 3 އަހަރުތެރޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނެއުމެވެ. މި އޮޕްރޭޝަނުގެ ދަށުން  82 ރަށެއްގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކޮށްފައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓުކުރުމަށް އިމިގްރޭޝަނުން ވަނީ “އިމިގްރޭޝަން ވޮޗް” ގެ ނަމުގައި ޕްލެޓްފޯމެއް ވެސް އިފްތިތާހުކޮށްފަ އެވެ. ޕްލެޓްފޯމް މެދުވެރިކޮށް އަމިއްލަ އައިޑެންޓިޓީ ހާމަނުކޮށް، “އެނޮނިމަސް” ކޮށްވެސް ރިޕޯޓް ކުރުމުގެ ފުރުސަތު ލިބެ އެވެ.

މި ހަރަކާތުގެ މަޤްސަދަކީ މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އަދި ޤަވައިދާ ޙިލާފަށް ރާއްޖޭގެ އުޅެމުންދާ ބިދޭސީންގެ ދެނެގަނެ އެފަރާތްތައް އިމިގްރޭޝަނަށް ހާޒިރުވުމަށް އެންގުމުގެ އިތުރުން ގަވައިދާ ހިލާފަށް ބިދޭސީން ލައްވާ މަސައްކަތްކުރުވާ ދިވެހިންނަށް ލިޔުމުން ނަސޭހަތްތެރިވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: