ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެލައިޑުން އަނެއްކާ ވެސް ކޭޝްލެސް ސާވިސް ދޭން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެލައިޑް އިންޝުއަރެންސުން އަނެއްކާ ވެސް ކޭޝްލެސް ހިދުމަތް ދޭން ފަށައިފިއެވެ.

ޕްރައިވެޓް އިންޝުއަރެންސް އޮތް ނަމަ އެ އިންޝުއަރެންސްގެ ލިމިޓް ހަމަވުމުން ނޫނީ އާސަންދަ ދޫނުކުރަން ނިންމުމާ ގުޅިގެން އެލައިޑުން ވަނީ އެ ކުންފުނިން ފޯރުކޮށްދޭ ކޭޝްލެސް ސާވިސް އިއްޔެ މެދުކަނޑާލާފައެވެ. އެ ބަދަލުގެ ސަބަބުން އަމިއްލަ އިންޝުއަރެންސެއް އޮތް ނަމަ، ހިދުމަތް ހޯދާއިރު އެއަށް ފައިސާ ދައްކަން ޖެހޭނެއެވެ. އަދި އެ ބިލް އިންޝުއަރެންސް ކުންފުންޏަށް ފޮނުވުމުން އެ ފައިސާ އިޔާދަކޮށްދެނީއެވެ.

އެލައިޑުން ވަނީ އެ ކުންފުނިން ނިންމު ނިންމުން އަނެއްކާ ވެސް ބަދަލުކޮށްފައެެވެ. އެގޮތުން އެލައިޑުން ވިދާޅުވެފައިވަނީ ކޭޝްލެސް ޚިދުމަތް އަލުން ދޭން ފަށާފައިވާ ކަމަށެވެ. އެގޮތުން އައުޓްޕޭޝަންޓް ހިދުމަތް ހޯދާ މީހެއްގެ ލިމިޓް ހަމަވަންދެން ކޭޝްލެސްކޮށް ހިިދުމަތް ދޭނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. ސަރުކާރުން ވަނީ އާސަންދަ ސްކީމް ރިފޯމް ކުރުމުގެ މަސައްކަތުގެ ތެރެއިން އައުޓް ޕޭޝަންޓްގެ ހިދުމަތްތަކަށް ބިލްކުރުމުގައި ޕްރައިވެޓް އިންޝުއަރެންސަށް އިސްކަންދިނުމަށް ނިންމައިފައެވެ.

މިކަމާ ގުޅިގެން އެންސްޕާއިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ އެއްވެސް ފަރާތަކަށް ޕްރައިވެޓް އިންޝުއަރެންސްގެ ކަވަރޭޖް ނުވަތަ ހިދުމަތް ނުލިބޭ ހާލަތެއްގައިވާނަމަ އެ ފަރާތަކަށް އާސަންދަ ސްކީމުން މިހާރު ވެސް ހިދުމަތް ލިބެމުންދާގޮތަށް ބޭސްފަރުވާގެ ހިދުމްތައް ލިބިގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: