ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޯޖިޔާގެ ނަތީޖާއިން ޓްރަމްޕް ކުރި ހޯއްދެވުމާއެކު ކަމަލާއަށް އިތުރު ގޮންޖެހުންތަކެއް!

ކަމަލާ ހެރިސް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ޑޮނަލްޑް ޓްްރަމްޕް ޖޯޖިއާގެ ނަތީޖާއިން ކުރި ހޯއްދެވުމަކީ ޓްރަމްޕްގެ ވާދަވެރި ކެންޑިޑޭޓު، މިހާރުގެ ނައިބްރައީސް ކަމަލާ ހެރިސްއަށް އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވާ ގޮތުން ޖޯޖިއާއަކީ 1992 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށްވެސް ކަމަލާ ނިސްބަތްވާ ޕާޓީ ޑިމޮކްރަޓުން ކާމިިޔާބު ކުރަމުން އަންނަ ސްޓޭޓެއްކަމަށްވާތީ މިފަހަރުގެ އިންތިޚާބުގައި ޑިމޮކްރެޓުންގެ އުއްމީދު އެ ސްޓޭޓާމެދު ނުހަނު ބޮޑެވެ.

އެހެންނަމަވެސް މިފަހަރުގެ އިންތިޚާބުގައި 2020 ވަނަ އަހަރެކޭ އެއްގޮތަށް ޓްްރަމްޕް ވަނީ ޖޯޖިއާއިން ކުރި ހޯއްދަވާފައެވެ. އެއާއެކު މިހާތަނަށް ލިބިފައިވާ އިލެކްޓޯރަލް ވޯޓުން ޓްރަމްޕް ކުރިއަށް ޖެހިލައްވާފައިވާކަމަށް އިންތިޚާބުގެ އެންމެ ފަހުގެ ނަތީޖާ ޕޯލްތަކުން ދައްކައެވެ.

އޭގެ އިިތުުރުން، މިއީ ކަމަލާ އިންތިޚާބު ކާމިިޔާބު ކުރެއްވުމުގެ މަގު އިތުރަށް ހަނިވެގެން ދިޔަ ސަބަބެއްކަމަށްވެސް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އެހެންނަމަވެސް ބައެއް ބޮޑެތި ސްޓޭޓުތަކުގެ ނަތީޖާ އަދި ލިބިފައިނުވާތީ، އަދިވެސް ކަމަލާއަށް ހަނި ފުރުސަތެއް އެބައޮތްކަމަށް ރިޕޯޓުތައް ބުނެއެވެ.

ވަކިން ޚާއްސަކޮށް އެމެރިކާގެ އިންތިޚާބުތަކުގައި ”ބްލޫ ވޯލް“ (ނޫކުލައިގެ ފާރު) ގެ ގޮތުގައި ސިފަ ކުރާ 18 ސްޓޭޓުގެ ތެރެއިން ބާކީ ހުރި ސްޓޭޓުތަކުން ކަމަލާއަށް ކުރި ހޯއްދެވިއްޖެނަމަ އަދިވެސް ކަމަލާއަށް ހަނި ފުރުސަތެއް އެބައޮތްކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އެ ސްޓޭޓުތައް ނޫކުލައިގެ ފާރެއްގެ ގޮތުގައި އެމެރިކާއިން ސިފަ ކުރަނީ ގިނަ ފަހަރު ޑިމޮކްރެޓުންގެ މެޖޯރިޓީ އެ ސްޓޭޓުތަކުގައި ހިފަހައްޓާލާތީއެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން ބްލޫ ވޯލްގެ ސަރަޙައްދުގައި ހިމެނޭ ސްޓޭޓުތައް ޑިމޮކްރެޓުން ކާމިޔާބު ކުރަމުން އައި ނަމަވެސް މިފަހަރުގެ އިންތިޚާބުގައިވެސް ޓްރަމްޕް ވަނީ މިހާތަނަށް އޭގެ ތެރެއިން 3 ސްޓޭޓަކުން ކުރި ހޯއްދަވާފައެވެ.

އެކަމަށް ރިއާޔަތްކޮށް ތަޖުރިބާކާރުން ބުނާ ގޮތުގައި ޕެންސިލްވޭނިއާ، މިޗިގަން، އަދި ވިސްކޮންސިންގެ ނަތީޖާއިން ކަމަލާ ކުރި ހޯއްދަވައިފިނަމަ އަދިވެސް އިންތިޚާބު ކާމިޔާބު ކުރެވިދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: