ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫގެ ސައިކަލު ލިބޭ ޕްރޮމޯޝަން ޑިސެމްބަރުގެ ނިޔަލަށް ކުރިޔަށް ދާނެ

އުރީދޫ މޯލްޑިވްސ އިން ފެށި ކޮންމެ 3 ދުވހަކުން ސައިކަލު ލިބޭ ޕްރޮމޯޝަނުގެ ނަސީބުވެރި ފަރާތެއް/ ފޮޓޯ: އުރީދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

ސައިކަލު ލިބޭ ޕްރޮމޯޝަން ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެކަމަށް އުރީދޫއިން ބުނެފިއެވެ.

ނަސީބުވެރިންނަށް ސައިކަލު ދޭ ގޮތަށް އުރީދޫއިން ކުރިއަށް ގެންދާ ”ލިބޭ“ ޕްރޮމޯޝަންގެ 12 ނަސީބުވެރިޔަކު ހޮވިފައިވާކަން ހާމަކޮށް އެ ކުންފުނިން ވަނީ ޕްރޮމޯޝަންގެ މުއްދަތު ވެސް އިތުރުކޮށްފަ އެވެ.

އެގޮތުން މިހާރު ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށް ގެންދާނެކަމަށާއި އިރަށް 22 ސައިކަލު ދޫކުރެވިގެންދާނެކަން މައުލޫމާތު ދިނެވެ.

މިއަހަރުގެ 31 ޑިސެމްބަރު 2024 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ކަސްޓަމަރުންނަށް ކޮންމެ ތިން ދުވަހަކުން ސައިކަލެއް ކާމިޔާބު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. ޕްރޮމޯޝަންގައި ދޫކުރާ ސައިކަލުތަކުގެ ތެރޭގައި އެއާ ބްލޭޑް 125 – ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)، އެއާ ބްލޭޑް 160 – ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ) އަދި ޕީސީއެކްސް160 (ކަޅު ކުލަ)  ހިމެނެއެވެ.

މި ޕްރޮމޯޝަނުގެ އެންމެ އަގުހުރި އިނާމެއްގެ ގޮތުން ނަސީބުވެރި ފަރާތަކަށް 2024 ވަނަ އަހަރުގެ ރެބެލް 300 (ކަޅު) ސައިކަލެއް ލިބިގެންދާނެކަމަށްވާއިރު އުރީދޫ ކަސްޓާމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250ރ އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުމުން ބައިވެރިވެވޭނެކަމަށާއި އަލަށް ގުޅޭ ކަސްޓަމަރުން ޚިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުމުންވެސް ޕްރޮމޯޝަންގައި ބައިވެރިވެވޭނެކަމަށް މައުލޫމާތު ދީފައިވެއެވެ. މި ބައިވެރިވުމަށްޓަކައި އުރީދޫގެ އެކްޓިވް ކަސްޓަމަރަކަށްވުން ޝަރުތުކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: