ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑަަބްލިއުޓީއެމް ލަންޑަންގައި ވިޒިޓް މޯލްޑިވްސްއިން ރާއްޖެ ކުލަގަދަކޮށް ޕްރޮމޯޓު ކުރަނީ

ލަންޑަނުގައި ތިބި ރާއްޖޭގެ ޓީމު: ފޮޓޯ/ އެމްއެމްޕީއާރްސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެންމެ މަޤްބޫލު އެއް ޓްރެވަލް އެންޑް ޓޫރިޒަމް އިވެންޓް ކަމުގައިވާ ޑަބްލިއުޓީއެމް ލަންޑަން 2024ގައި ވިޒިޓް މޯލްޑިވްސް އިން ކުލަ ގަދަ ގޮތެއްގައި ދިވެހިރާއްޖެ ޕްރޮމޯޓްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފިއެވެ.

އެމްއެމްޕީއާރްސީއިންވަނީ ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ހަތް ވަނަ ދުވަހުގެ ނިޔަލަށް އެކްސެލް ލަންޑަންގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެވަލް ޓްރޭޑް އިވެންޓް ކަމަށްވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ލަންޑަން 2024 ގައި ބައިވެރިވެފައެވެ. ޑަބްލިއުޓީއެމް ލަންޑަނަކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޓްރެވަލް އެންޑް ޓުއަރިޒަމް އިވެންޓްގެ ގޮތުގައި ފާހަގަކޮށްފައިވާ އިވެންޓެއްކަމަށްވާއިރު މިއަހަރުގެ ޑަބްލިއުޓީއެމްގައި ރާއްޖެ ތަމްސީލުކުރަނީ އިންޑަސްޓްރީގެ 91 ޕާޓްނަރުން ތަމްސީލުކުރާ 217 މަންދޫބުން ހިމެނޭ ވަރުގަދަ ވަފުދަކުންކަން ފާހަގަކުރެވެއެވެ.

650 އަކަމީޓަރުގެ ތަނަވަސް ސިންގަލް ޑެކަރ ސްޓޭންޑެއްގައި ޤާއިމްކޮށްފައިވާ މި އަހަރުގެ ރާއްޖޭގެ ސްޓޭންޑަކީ 75 ކޯ އެގްޒިބިޓަރ ކައުންޓަރާއި 55 ބީޓުބީ މީޓިންގޓޭބަލް، 3 އިންޑަސްޓްރީ މީޓިންގ އޭރިއާ އަދި ޓްރެޑިޝަނަލް ކޯނަރެއް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ސްޓޭންޑެކެވެ. އަދި ފޮޓޯ ބޫތަކާއެކު ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖެއަށް ޒިޔާރަތްކުރި ތަންތަން ފާހަގަކުރެވޭނެ އިންތިޒާމްވެސް ސްޓޭންޑުތަކުގައި ހިމަނާފައިވާކަމަށް އެމްއެމްޕީއާރްސީއިން ހިއްސާކޮށްފައިވެއެވެ.

ޑަބްލިއުޓީއެމް 2024 ގެ ހަވާސާގައި ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ބޭއްވި ”މޯލްޑިވްސް މީޑިއާ މީޓް“ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްޕީއާރުސީއިން ވަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އެންމެ ބޭނުންވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ ހެދުމަށް ކުރަމުން ގެންދާ މަސައްކަތްތަކާއި، ”ވޯލްޑްސް ބިގޭސްޓް ގިވްއަވޭ“ ގްލޯބަލް ކެމްޕެއިން އިފްތިތާހުކުރުމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކޮށްފައެވެ. މި ނޫސްވެރިންގެ ބައްދަލުވުން ލީޑް ކުރެއްވީ އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީއެވެ. އަދި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އިނގިރޭސިވިލާތާއި ނޯތް އަޔަލޭންޑް އަށް ކަނޑައަޅުއްވާފައިވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރު ޑރ އިރުތިޝާމް އާދަމް އާއި އެމްއެމްޕީއާރުސީގެ ޗެއާޕާސަން އަބްދުﷲ ގިޔާސް ރިޔާޒްއާއި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީ އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ވައިސް ޗެއަރމަން ޙުސައިން ޢަފީފްވެސް މި ބައްދަލުވުމުގައި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: