ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ބޭންކް، ބީއެމްއެލްއަށް 42 އަހަރު

ބީއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 42 އަހަރު ފުރިއްޖެއެވެ.

އެކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލްއަށް 42 އަހަރު ފުރޭއިރު، މި ބޭންކު ވަނީ ދުނިޔޭގެ ފެންވަރުުގެ މާލީ ޙައްލުތައް ފޯރުކޮށްދިނުމާއި، ކަސްޓަމަރުންނަށް ބޭނުންވާ ފަސޭހަތައް ހޯދައިދިނުމުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައި ކަމަށެވެ.

އޭގެ އިތުރުން، މިހާތަނަށް ބައި މިލިއަނަށްވުރެ ގިނަ ކާޑު ބީއެމްއެލްއިން ދޫކޮށްފައިވާއިރު، ބައިނަލްއަޤުވާމީ އެންމެ ބޮޑެތި ކާޑު އަދި ޕޭމަންޓު ނެޓްވޯކްތަކާއެކު ގުޅުން ބަދަހިކޮށް، ކަސްޓަމަރުންނަށް ދުނިޔޭގެ ކޮންމެ ހިސާބެއްގައި ތިިބެގެންވެސް ފައިސާ ދެއްކުމުގެ ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދެވިފައިވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އެގޮތުން ބަލާއިރު، ބީއެމްއެލްގެ ކާޑު މެޝިން މެދުވެރިކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ވީޗެޓް، އަލިޕޭ، އެޕަލްޕޭ އަދި ގޫގަލްޕޭ ފަދަ މަޤްބޫލު ޑިޖިޓަލް ވޮލެޓުތަކުން ފައިސާ ދެއްކުމުގެ ފަސޭހަކަން މިހާރު ލިބިގެންދާނެކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.

ބީއެމްއެލްއިން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިވަގުތު 7000ށް ވުރެ ގިނަ ވިޔަފާރިތަކުން ގެންދަނީ ބޭންކުގެ ޕޭމަންޓް ސިސްޓަމްތައް ބޭނުންކުރަމުންނެވެ.

މިހާރު ބީއެމްއެލްއިން ވަނީ އެ ބޭންކުގެ ޑިޖިޓަލް ބޭންކިންގ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް ފުރިހަމަ ކުރުމަށް ބޮޑެތި މަސައްކަތްތަކެއް އަންނަ އަހަރު ފެށުމަށް ރާވާފައެވެ. އޭގެ ތެރޭގައި މޯބައިލް ބޭންކިންގ އެޕްލިކޭޝަން އަދި އިންޓަނެޓް ޕޭމަންޓް ގޭޓްވޭ ފަދަ ޚިދުމަތްތަކަށް މާލީ އެކިއެކި ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަަކަށް ރިއާޔަތްކޮށް ބަދަލުތައް ގެނައުން ހިމެނެއެވެ. އަދި އިތުރު ޑިޖިޓަލް ޚިދުމަތްތައް ތައާރަފް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ބީއެމްއެލްއިން މައުލޫމާތު ދޭ ގޮތުގައި އެ ބޭންކުގެ ހުރިހާ ޚިދުމަތްތަކެއް މިހާރު ބީއެމްއެލް އިސްލާމިކްއިންވެސް ލިބިގެންދާނެއެވެ. އެގޮތުން ރާއްޖޭގެ ފުރަތަމަ އިސްލާމިކް ކްރެޑިޓް ކާޑު ތައާރަފް ކޮށްފައިވަނީވެސް ބީއެމްއެލް އިސްލާމިކްއިންނެވެ.

މީގެ އިތުރުން، 2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޓީއެމް ޤާއިމު ކުރުމާއެކު ޑިޖިޓަލް ބޭންކިންގ ގެ ޚިދުމަތް ފުޅާކުރުމަށްވެސް ބީއެމްއެލްއިން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދާދި ފަހުން ބީއެމްއެލްއިން ވަނީ އެ މަސައްކަތް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުވެސް ބާއްވާފައެވެ.

މިއީ މާލީ ގޮތުން ރައްޔިތުން ބާރުވެރި ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ބީއެމްއެލްއިން އަމަލީ ގޮތުން ބައިވެރިވާކަމުގެ ހެއްކެއްކަމަށްވެސް ބީއެމްއެލްއިން ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: