ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫއެންއެފްސީސީސީ ކޮޕް 29 އަށް ތާރިޤް ބާކޫއަށް ފުރާވަޑައިގަންނަވައިފި

އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫއެންއެފްސީސީސީ ކޮޕް 29 އަށް ވަޒީރު މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް، އެންޑް އެނާރޖީ، ތާރިޤް އިބްރާހީމް ބާކޫއަށް ފުރާވަޑައިގަންނަވައިފިއެވެ.

މިނިސްޓަރު ތާރިޤް، މިމަހުގެ 10 ވަނަ ދުވަހު ވަނީ އަޒަރބައިޖާނުގެ ވެރިރަށް ބާކޫއަށް ފުރާވަޑައިގަންނަވާފައެވެ. މިދަތުރުފުޅުގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވަނީ އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އޮނިގަނޑުގެ މުއާހަދާގެ (ޔޫއެންއެފްސީސީސީ) 29 ވަނަ ބައިވެރިންގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބޭއްވޭ އެންމެ މުހިންމު ބައިނަލްއަޤްވާމީ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ލީޑަރުންނާއި ތިމާވެށީގެ ދާއިރާގެ މާހިރުން ބައިވެރިވެ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރު ތާރިޤް އިބްރާހީމް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމުން، ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މޫސުމީ ގޮންޖެހުންތަކާއި، މި ކަންކަމާ ގުޅޭގޮތުން ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކުގެ މަޢުލޫމާތު ބައިނަލްއަޤްވާމީ މުޖުތަމަޢުއާ ހިއްސާކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތަކާ ބެހޭގޮތުން ވެސް އަޑުއުފުއްލަވާނެ ކަމަށް ބެލެވެއެވެ.

މި ބައްދަލުވުމުގެ ނަތީޖާއެއްގެ ގޮތުން، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުވެ، އާ އެއްބަސްވުންތަކަކަށް ވާސިލުވާނެކަމަށް ސަރުކާރުން އުއްމީދުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: