ސެކިއުރިޓީ ފީޗަރ ހިމެނޭ ޑޮމެއިންއަށް ބަދަލުކުރުމަށް މުއްދަތެއްދީ، ޑޮމެއިން ރަޖިސްޓްރީ ކުރުމާ ގުޅޭ އައު އުސޫލު އާންމުކޮށްފިއެވެ.
ޑޮމެއިންގެ މައްސަލަތަކަށް ޙައްލު ހޯދުމަށްޓަކައި ސަރުކާރުން ވަނީ ބައެއް ފިޔަވަޅުތައް އެޅުމަށް ނިންމާފައެވެ. މީގެ ތެރޭގައި ކަމާ ގުޅުންހުރި ގަވާއިދު އިޞްލާޙުކޮށް ގެޒެޓްކުރުމާއި، ނަކަލުކުރުން ފަދަ ކަންކަން ހުއްޓުވުމަށްޓަކައި ސެކިއުރިޓީ ފީޗަރތަކާއެކު ރަޖިސްޓްރީ އަދި ޑޮމެއިން ބޭނުންކުރުމުގެ ހުއްދަ ތަޢާރަފްކުރުން ހިމެނެއެވެ.
އެކަންކަން ޙާސިލު ކުރުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވަނީ އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ޤަވާއިދު އިސްލާޙުކޮށް ޤަވާއިދަށް އަމަލުކުރަން ފަށާފައެވެ.
ޤަވާއިދުގައި ބުނެފައިވާ ގޮތުން މި ގަވާއިދަށް ޢަމަލުކުރަން ފަށާއިރު މިނިސްޓްރީން ދޫކޮށްފައިވާ ޑޮމެއިންގެ ރަޖިސްޓަރީ ލިޔުމާއި، ޑޮމެއިން ބޭނުންކުރުމުގެ ހުއްދަތައް މި ގަވާއިދާ އެއްގޮތަށް ބަދަލުކުރުމަށް ޓަކައިި 60 ދުވަހުގެ ތެރޭގައި ޑޮމެއިން ރަޖިސްޓްރީ ކޮށްފައިވާކަމުގެ ލިޔުން ނުވަތަ ފައިސާ ދެއްކިކަމުގެ ސްލިޕް މިނިސްޓްރީއަށް ހުށަހަޅަން ޖެހެއެވެ.
އޭގެ އިތުރުން، މި ގަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީން ދޫކޮށްފައިވާ ޑޮމެއިންގެ ރަޖިސްޓަރީގެ ލިޔުމާއި ޑޮމެއިން ބޭނުންކުރުމުގެ ހުއްދަތައް 3 މަސްދުވަހުގެ ތެރޭގައި މި ގަވާއިދާ އެއްގޮތަށް ބަދަލުކޮށް ނިންމުންވެސް ވަނީ ލާޒިމުކޮށްފައެވެ. އަދި އެ މުއްދަތުގެ ފަހުން މި ގަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީން ދޫކޮށްފައިވާ ޑޮމެއިން ބޭނުންކުރުމުގެ ހުއްދައާއި ޑޮމެއިން ރަޖިސްޓަރީއަކީ ޞައްޙަ ރަޖިސްޓަރީއެއްކަމުގައެއް އަދި ހުއްދައެއްކަމުގައެއްގަބޫލެއް ނުކުރާނެއެވެ.
ސެކިއުރިޓީ ފީޗަރތައް އެކުލެވޭ ލިޔެކިޔުންތަކަށް ބަދަލުކުރުމަށްޓަކައި މިހާރުގެ ލިޔެކިޔުންތައް ހުށަހެޅުމަށް ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ހުޅުވާލާނެއެވެ. މި މަސައްކަތަށް 60 ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށާއި، މި މުއްދަތުގައި ހުށަހަޅާ ޑޮމެއިންތަކާ ގުޅުންހުރި މަޢުލޫމާތުތައް އަދާހަމަކުރުމަށްފަހު އައު ލިޔެކިޔުންތައް ޙަވާލުކުރެވޭނެކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
އޭގެ އިތުރުން، މި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީގައި ޚާއްޞަ ކައުންޓަރެއް ހުޅުވޭނެ ކަމަށާއި، އީމެއިލް މެދުވެރިކޮށްވެސް ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ޑޮމެއިންގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ވަނީ ހަރުދަނާ އިދާރީ އުސޫލުތަކެއް ކަނޑައަޅާފައެވެ. އަދި މި ނަންބަރުތައް ބެލެހެއްޓުމަށްޓަކައި އައު ނިޒާމެއް ތަޢާރަފްކޮށް، ޑޮމެއިން ޑޭޓާބޭސް އެއް ވިއުގައަކުން ގުޅާލުމަށްވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ކޮންމެ ފަރުދަކު ގެންގުޅޭ ނަންބަރާ ގުޅުންހުރި މަޢުލޫމާތު އޮންލައިންކޮށް ބެލޭނެ އިންތިޒާމު ހަމަޖެއްސުމަކީވެސް ޓްރާންސްޕޯޓް މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

