ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮޕް 29: މިއަހަރަކީ އެންމެ ހޫނުގަދަ އަހަރު ގޮތުގައި ރެކޯޑު ކުރެވޭނެ

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރަކީ ދުނިޔޭގެ ފިނިހޫނުމިން އެންމެ މަތިން ރެކޯޑު ކުރެވޭނެ އަހަރަށްވާނެކަމަށް އދ ގެ ވޯލްޑް މީޓިއޮރޮލޮޖިކަލް އޮގަނައިޒޭޝަން (ޑަބްލިއުއެމްއޯ) އިން ބުނެފިއެވެ.

އދ ގެ އަހަރީ ކްލައިމެޓް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޑަބްލިއުއެމްއޯއިން ބުނެފައިވާ ގޮތުގައި މިއަހަރު މުޅި ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން 19 ޤަރުނުގެ ފަހުކޮޅު ރެކޯޑު ކުރެވުނު ފިނިހޫނުމިނަށްވުރެވެސް މައްޗެވެ.

އަޒަރްބައިޖާންގައި ކުރިއަށްދާ މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ޤައުމުތަކުން 200ށް ވުރެ ގިނަ ލީޑަރުން ބައިވެރިވެވަޑައިގެންނެވުމަށް ހަމަޖެހިފައިިވެއެވެ. މި ކޮންފަރެންސްގެ މައިގަނޑު އެއް އަމާޒަކީ 2015 ވަނަ އަހަރު އެކުލަވާލި ޕެރިސް އެގްރީމަންޓުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލު ކުރެވޭ މިންވަރު ދެނެގަނެ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ބައިނަލްއަޤުވާމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ.

194 ގައުމަކުން 2015 ވަނަ އަހަރު ޕެރިސް އެގްރީމަންޓްގައި ސޮއިކުރީ ދުނިޔެ ހޫނުވުން 1.5 ޑިގްރީއަށްވުރެ މައްޗަށް ދިޔަ ނުދިނުމަށް އެއްބަސްވެފައެވެ.

މިއީ ދުނިޔޭގެ މޫސުމަށް އަންނަ ނޭދެވޭ ބަދަލު ތަކުގެ ސަބަބުން ލިބޭގެއްލުން ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތައް ކަނޑައެޅުމަށް އދ.ން އިންތިޒާމުކޮށްގެން އަހަރަކު އެއްފަހަރު ބާއްވާ ބައްދަލުވުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: