ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާރުތައް ދެމެހެއްޓުމުގެ މަސައްކަތް މިވަނީ އާ ހިތްވަރަކާއިިއެކު ކުރަން ޖެހިފަ: ރައީސް ސާލިހު

ކުރީގެ ރައީސް، އަދި އެމްޑީޕީގެ އެޑްވައިޒަރ އިބްރާހީމް މުހައްމަދު ސާލިހު. ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބާރުތައް ދެމެހެއްޓުމުގެ މަސައްކަތް މިވަނީ އާ ހިތްވަރަކާއިިއެކު ކުރަން ޖެހިފައިކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ސާލިހު ވަނީ އުފާވެރި ޖުމްހޫރީ ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް ރައްޔިތުންނަށް އަރިސްކޮށްފައެވެ.

ޖުމްހޫރިއްޔަތެއްގައި ދައުލަތުގެ ބާރުތައް ފެށެނީ ރައްޔިތުންގެ ކިބައިންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޤައުމުގެ އެންމެހާ ކަންކަމުގައި ރައްޔިތުންނަށް ލިބިދީފައިވާ ބާރުތައް ދެމެހެއްޓުމަކީ ޖުމްހޫރިއްޔަތެއްގެ އެންމެ މުހިއްމު އަސާސް ކަމުގަ ވީހިނދު މިއަދު މި ވަނީ މި މަސައްކަތް އާ ހިތްވަރަކާއެކު ކުރަންޖެހިފައިކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު މިފަދައިން ވިދާޅުވެފައިވާއިރު، އެމްޑީޕީއިން ގެންދަނީ މި ސަރުކާރުން ބާރުތައް އެއްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ތުހުމަތުކުރައްވަމުންނެވެ. އެމްޑީޕީން ދަނީ ސަރުކާރުން ރައްޔިތުންގެ ހައްގުތައް ގެއްލޭ ގޮތަށް ގާނޫނުތަކަށް ބަދަލު ގެންނަމުންދާކަމަށްވެސް އެމްޑީޕީއިން ވަނީ ބުނެފައެވެ.

އެމްޑީޕީން ކުޅުދުއްފުށި ސިޓީގައި މިދިޔަ އޮކްޓޯބަރު 13، ގައި ބޭއްވި ”ލާމަރުކަޒީ ގުޅުން“ ކޮންފަރެންސްގައި ސާލިހު ވިދާޅުވީ ޑިމޮކްރަސީއެއްގައި ރައްޔިތުންގެ އަޑު އަހައި، ކައިރިން ހިދުމަތް ދޭން ޖެހުނު ނަމަވެސް ސަރުކާރުން ދަނީ ހުދުމުހުތާރު ވެރިކަމެއް ކުރަން ހުރިހާ ބާރުތައް ޖަމާ ކުރަމުން ކަމަށެވެ.

މި ސަރުކާރުން ވެރިކަމަށް އައުމަށްވެސް އުފެއްދީ ފިތުނަކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: