ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ވަށާޖެހޭ ހައްލެއް ގެނެވޭނެ ގޮތަކަށް: މިނިސްޓްރީ

ކ. ތިލަފުށީގައި ހުންނަ ވެމްކޯގެ ސައިޓް: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުނި މެނޭޖް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދަނީ ކުރިން ހުރި ސިޔާސަތުތައް ބަދަލުކޮށް އެ މައްސަލައަށް ވަށާޖެހޭ ހައްލެއް ގެނެވޭނެ ގޮތަކަށްކަމަށް މިނިސްޓްރީ އޮފް ކަލައިމެޓް ޗޭންޖެ، އެންވައިރޮމެންޓް އެންޑް އެނާޖީން ބުނެފިއެވެ.

ސަންގު ޓީވީގެ ފުރަމެންދުރު ޕްރޮގްރާމްގައި އެންވައިރޮމެންޓް މިނިސްޓަރީން ބުނީ ސަރުކާރުގެ ނިމިދިޔަ އަހަރުގެ ތެރޭގައި މަސައްކަތް ކުރީ ކުނި މެނޭޖް ކުރުމުގެ ދާއިރާގައި ގައުމީ ފެންވަރުގައި އެ މަސައްކަތް ކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލައި އެ ޕްލޭންގެ ދަށުން އަމިއްލަ ފަރާތްތަކަށް ކުނި މެނޭޖްކުރުމުގެ ދާއިރާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން ފަދަ މަސައްކަތްތައް ކަމަށެވެ.

ގައުމީ ފެންވަރުގައި ކުނި މެނޭޖް ކުރުމުގެ ގޮތުން ”މަގޭ ސާފު ރާއްޖެ“ ނަމުގައި ޕްރޮގްރާމެއް ވެސް މިނިސްޓްރީން އިފްތިތާހުކުރި އެވެ. އަދި އެ ޕްރޮގްރާމްގެ މައުލޫމާތު ދެމުން ބުނީ  މަގޭ ސާފު ރާއްޖެ ޕްރޮގްރާމްގެ ތެރެއިން މި ދައުރުގެ ތެރޭގައި ކުރަން ރާވައިފައިވާ ހުރިހާ ކަމެއް އަންނާނެ ކަމަށެވެ. މި ދައުރުގެ އެންމެ ކުރީކޮޅު އަމަލު ކުރަމުން އައި ސިޔާސަތު ބަދަލުކޮށް އެ ސިޔާސަތު މުރާޖައާކޮށް ގައުމީ ސިޔާސަތެއް ކަނޑައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި ފަސް އަހަރު ނިމޭއިރު ކުނި މެނޭޖް ކުރުމުގެ ދާއިރާގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވަށާޖެހޭނެ ގޮތަށް ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. ރަށުފެންވަރުގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ރަށު ކައުންސިލްތަކަށް ވެސް އެކަން މަގުފަހިކޮށްދިނުމަށް ޑިޒައިންތަކަށް ވެސް ބަދަލުތައް ގެނެސްފައިވާ ކަމަށް މިނިސްޓަރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނި ގޮތުގައި ކުރިން ދިމާވެފައިވާ ހުރިހާ ގޮންޖެހުންތައް ހައްލު ކުރުމަށްޓަކައި މިހާރު މުޅި ނިޒާމު މިހާރު ވަނީ އެއްކޮށް ބަދަލުކުރެވިފަ އެވެ. އައު ޑިޒައިންގެ ދަށުން 14 ރަށެއްގައި ކުނި މެނޭޖު ކުރުމުގެ މަރުކަޒެއް ގާއިމުކޮށް އިތުރު ރަށްރަށުގައި ވެސް އެކަމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: