ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮކްޓޫބަރު 2024 ގައި މީރާއަށް 1.73 ބިލިއަން ރުފިޔާ ބަލައިގަނެފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އޮކްޓޫބަރު 2024 ގައި މީރާއަށް 1.73 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތު ދީފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 14.2 އިންސައްތަ ދަށް އަދަދެކެވެ. އަދި، އޮކްޓޫބަރު 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 30.5 އިންސައްތަ ގިނަ އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، އޮކްޓޫބަރު 2023 ގައި ލިބުނު އާމްދަނީ އާއި އަޅައިބަލާއިރު އޮކްޓޫބަރު 2024 ގައި ބަލައިގަތް އާމްދަނީ މަދުވުމުގެ މައިގަނޑު ސަބަބަކީ، ސެޕްޓެންބަރު 2023 ގެ ޖީ.އެސް.ޓީއާއި އެއަރޕޯޓު ޓެކުހާއި ފީ އަދި ގްރީން ޓެކުހުގެ އިތުރުން 2023 ގެ 4 ވަނަ ކުއާޓަރުގެ ޓޫރިޒަމް ލޭންޑް ރެންޓްގެ ފައިސާ ދެއްކުމުގެ ސުންގަޑި، ސަރުކާރު ބަންދު ދުވަހަކާ ދިމާވުމާ ގުޅިގެން، އޮކްޓޫބަރު 2023 މަހަށް ފަސްކުރުމެވެ. ނަމަވެސް، މިފަދަ ބަދަލެއް 2024 ގައި ގެނެވިފައިނުވާތީ، އޮކްޓޫބަރު 2024 ގައި ބަލައިގަތް އާމްދަނީ ދަށްވި ސަބަބެއް ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

އޮކްޓޫބަރު 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވެފައިވަނީ، ޖީ.އެސް.ޓީ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމާއި، އޮކްޓޫބަރު މަހު ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ ގެ އާމްދަނީ މި މުއްދަތުގައި ލިބިފައިވުމާއި، ގްރީން ޓެކްސް، އެކްސްޕެޓް ކޯޓާ ފީ އަދި އެއަރޕޯޓް ޓެކްސް އެންޑް ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބުން ކަމަށް މީރާއިން ހާމަކުރެއެވެ.

މީގެ އިތުރުން، ސެޕްޓެންބަރު 2024 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ 2.1 އަށް އިތުރުވެފައިވުމުގެ ސަބަބުން، ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ އަކީ ސަރުކާރުން ރަށެއް ކުއްޔަށް ދިނުމުން ދައްކާ ފީއަކަށް ވުމާއެކު މިއީ އަންދާޒާ ކުރެވޭ އާމްދަނީއެއް ނޫނެވެ. އޮކްޓޫބަރު 2024 ގައި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ ބަލައިގަނެފައިވާތީ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ބަލައިގަތް ޖުމުލަ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން، މިހާރު އަމަލުކުރަމުންދާ ނުލިބިހުރި ފައިސާ ހޯދުމުގެ މަސައްކަތްތަކުގެ ތެރެއިން، ވޭތުވެދިޔަ ސުންގަޑިތަކަށް ޖީއެސްޓީގެ އާމްދަނީ ލިބިފައިވުމާއެކު، އޮކްޓޫބަރު 2024 ގައި މީރާއަށް ލިބިފައިވާ އާމްދަނީ އިތުރުވެފައިވާ ސަބަބެކެވެ. އޮކްޓޫބަރު 2024 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއިންނެވެ. އެއީ 63.1 އިންސައްތަ ނުވަތަ 1.09 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 6.7 އިންސައްތަ ނުވަތަ 115.54 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ ގެ ގޮތުގައި 94.71 މިލިއަން ރުފިޔާ (5.5 އިންސައްތަ)، ގްރީން ޓެކުހުގެ ގޮތުގައި 77.06 މިލިއަން ރުފިޔާ (4.4 އިންސައްތަ)، އެއަރޕޯޓު ޑިވަލޮޕްމެންޓް ފީ ގެ ގޮތުގައި 75.82 މިލިއަން ރުފިޔާ (4.4 އިންސައްތަ)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 275.72 މިލިއަން ރުފިޔާ (15.9 އިންސައްތަ) ލިބިފައިވެއެވެ. އޮކްޓޫބަރު 2024 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 66.27 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: