ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓު ހަދާފައި އޮތީ ސިޔާސީ ފިކުރަށް ބަލާފައި، ރައްޔިތުން އެދޭނަމަ އިސްތިއުފާ ދޭން ތައްޔާރު: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ހުށަހެޅިފައިވާ ބަޖެޓަކީ މަޖިލީހުގެ މެމްބަރުން ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ ވެރިންގެ އަރިހުން އާދޭސް ދަންނަވަން ޖެހޭ ގޮތަށް ފަރުމާ ކުރެވިފައިވާ ބަޖެޓެއްކަމަށާއި، ރައްޔިތުން އެދޭނަމަ މަޤާމުން އިސްތިއުފާ ދެއްވަން ތައްޔާރުކަމަށް ރައްޔިތުުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރައްވަމުން މެމްބަރު މައުރޫފް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެ ނޫން ގޮތަކަށް އެއްވެސް ރަށެއްގައި އެއްވެސް މަޝްރޫޫއެއް ނުހިންގޭނެ ކަމަށެވެ. އެގޮތުން ކެންދޫ ދާއިރާގެ ބަޖެޓަށް ބަލާލި ނަމަވެސް ފެންނަން އޮތީ އެ މަންޒަރުކަން ފާހަގަ ކުރައްވައި މައުރޫފް ވިދާޅުވީ، މިއީ ސިޔާސީ ފިކުރަށް ބަލައިގެން ބަޖެޓުގައި މަޝްރޫއުތައް އެކުލަވާލި ފުރަތަމަ ފަހަރު ކަމަށެވެ.

ކެންދޫ ދާއިރާއަށް ބަލާއިރު، އެމްޑީޕީއަށް ނިސްބަތްވާ މެމްބަރެއް ހުރުމުން 2025 ގެ ބަޖެޓުގައި އެ ދާއިރާއަށް އެއްވެސް ކަމެއް ހިމެނިފައިނުވާކަން ފާހަގަ ކުރައްވައި މެމްބަރު މައުރޫފް ވިދާޅުވީ، ރައްޔިތުން ބޭނުންވާނަމަ އިސްތިއުފާ ދެއްވަންވެސް ތައްޔާރު ކަމަށެވެ.

އަޅުގަނޑަށް ކުރެވުނު މަސައްކަތެއް މިކަމުގައި ކުރާނަން، ރައްޔިތުން ބޭނުންވާކަމުގައިވާނަމަ މަޤާމުން އިސްތިއުފާ ދެއްވަންވެސް މި ހުރީ ތައްޔާރަށް، ކެންދޫ ދާއިރާގެ މެމްބަރުންނަށް ހަމަ އެކައްޗެއްވެސް އިއްޒަތްތެރި ރައީސް މި ބަޖެޓުގައި ނެތީ، ސަބަބަކީ އެމްޑީޕީ މެމްބަރަކު ހޮވީތީ،

މައުރޫފް އިތުރަށް ވިދާޅުވީ، މިއީ ޓެކްްސް ބޮޑު، ޚަރަދު ބޮޑު ދަރަނީގެ ބަޖެޓެއް ކަމަށެވެ. އެގޮތުން 2024 ވަނަ އަހަރުވެސް މާލީ ކަންކަން ސަރުކާރުން މެނޭޖުކޮށްފައިވަނީ ގޯސްކޮށް ކަމަށާއި، އަންނަ އަހަރަށް ސަރުކާރުގެ މިސްރާބު ހުރީ ހަމަ އެގޮތަށްކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވަނީ ތަފާތު ކުރުން ހުއްޓާލައި، ދާއިރާގެ ރަށްތަކަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ޙައްލު ކޮށްދިނުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: