ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިމާންޑް އޮޕަރޭޝަނުގަ މިހާތަނަށް ޖުމްލަ 47 މީހުން ނަގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ފެށި ޚާއްސަ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 47 މީހުން ފަރުވާގެ ނިޒާމަށް ވައްދާފައިވާ ކަމަށް އެންޑީއޭގެ ޗެއަރ ޕަރސަން ލުބްނާ މުޙައްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ނެޝަނަލް ޑްރަގް އެޖެންސީން މި އޮޕަރޭޝަން ރަސްމީކޮށް ފެށީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެންޑީއޭގެ ޗެއަރޕާސަން ވިދާޅުވީ މި އޮޕަރޭޝަން ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ މުއްދަތެއް ނެތް ގޮތަށްކަމަށެވެ.

މި އޮޕަރޭޝަންގެ ދަށުން، މަގުމަތީ ސަލާންޖަހަން އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، ވައްކަމާއި ފޭރުމުގައި ހަރަކާތްތެރިވާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، މަގުމަތީ މަސްތުގެ ހާލަތުގައި އުޅޭ މީހުންގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރާ މީހުން ބަންދުކޮށް އެ މީހުންނަށް ބޭނުންވާ ފަރުވާދިނުން.

 ލުބްނާ ވިދާޅުވިއެވެ.

ފަރުވާ ފޯރުކޮށްދިނުމަކީ މަސްތުވާތަކެތި ފަރުވާ ދިނުމުގަ ވަރަށް މުހިންމު އަސާސީ ކަމެއްކަން ފާހަގަކުރައްވާ ލުބްނާ ވިދާޅުވީ އެންޑީއޭގެ ޓްރީޓްމެންޓް ހަރުދަނާކުރާއިރު ރިލެޕްސް ޕްރިވެންޝަން އަދި ރީއިންޓެގްރޭޝަން، އާފްޓަރކެއަރގެ އިތުރުން ޑްރަގް ޕްރިވެންޝަން މަސައްކަތްތައް ކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރައްވާނެ ކަމަށެވެ.

ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުގެ ފެސިލިޓީތައް ކ. ހިންމަފުއްޓާއި ހުޅުމާލޭގައި ވަނީ ޤާއިމުކޮށްފައެވެ. ލުބްނާ ވިދާޅުވީ ރިމާންޑް ސެންޓަރުތަކާއެކު ގިނަ ހައްލުތަކެއް ލިބެމުން އަންނަ ކަމަށެވެ. އަދި މުޖުތަމައުގައި މަސްތުވާތަކެތި ބޭނުންކޮށްގެން ކުށްކުރާ މީހުން ހުއްޓުވުމަކީ އަމާޒެއް ކަމަށާއި ރައީސް ޑރ. މުޢިއްޒުގެ މި ފަސް އަހަރު ދުވަހުގެ ތެރޭގައި މި މައްސަލައަށް ދާއިމީ ހައްލު ހޯދުމައްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށްވެސް ލުބުނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: