ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުމީ ދަތިތަކުން އަރައިގަތުމުގެ ގާބިލުކަން އިތުރުކުރުމަށް ފަހުމްނާމާއެއްގައި ސޮއިކޮށްފި

އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ޒަމީރު ވާހަކަ ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން އިތުރުކުރުމަށާއި އިގްތިސާދީ ދެމެހެއްޓިނިކަން ކުރިއެރުވުމަށްޓަކައި ދިވެހި ސަރުކާރު އަދި ދަ ނޭޗާ ކޮންސާވަންސީ(ޓީއެންސީ) ދެމެދު ފަހުމްނާމާއެއްގައި ސޮއިކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާގޮތުން މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން އިތުރުކުރުމަށާއި އިގްތިސާދީ ދެމެހެއްޓިނިވިކަން ކަށަވަރުކުރުމަށްޓަކައި ޓީއެންސީ ދެމެދު ފަހުމްނާމާއެއްގައި ސޮއިކޮށްފައިވަނީ އަޒަރްބައިޖާންގައި ކުރިއަށް ގެންދާ ކޮޕް29 ސަމިޓުގައި ބޭއްވި ރަސްމިއްޔާތެއްގައިކަމަށެވެ. މި ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން އެންވައިރަމެންޓު މިނިސްޓަރު ތާރިގު އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ. ޓީއެންސީ ގްލޯބަލްގެ ފަރާތުން ޑިރެކްޓަރު މެލިސާ ވަނީ ބައިވެރިވެވަޑައިގެންފައިކަމަށެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ، ޓީއެންސީ އާއިއެކު ފަހުމްނާމާއެއްގައި ސޮއިކުރުމަކީ ދެމެހެއްޓިނިވި ފާގަތި މުސްތަގުބަލަކާއި ދިމާލަށް އެޅޭ ފިޔަވަޅެއްކަމަށެވެ. އަދި މޫސުމާއި ގުޅުންހުރި ހައްލުތަކަށް ދެމެހެއްޓިނިވި ފައިނޭންސް ހޯދުމަކީވެސް  ރާއްޖޭގެ ކުރިއެރުމަށް މުހިންމު ކަމެއްކަމަށެވެ.

އެ މިނިސްޓްރީއިން ބުނެފައިވާގޮތުން މި މަސައްކަތްތަކުގެ ސަބަބުން ހަމަޖެހޭ ފައިނޭންސްގެ ބޭނުން ހިފާނީ ތިމާވެށި ހިމާޔަތްކުރުމަށާއި ރާށްތަކުގެ އިގްތިސާދު ކުރިއެރުވުމުގެ އިތުރުން މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން އިތުރުކުރުމަށްކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ދަރަނީގެ ދެމެހެއްޓިނިވިކަން ކަށަވަރުކުރުމަށް އިތުރު ބާރެއް ލިބިގެންދާކަމަށެވެ.

ޓީއެންސީއަކީ 1951 ވަނަ އަހަރުން ފެށިގެން ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާގައި ބައިނަލްއަގުވާމީ ގޮތުން މުހިންމު ދައުރެއް އަދާކުރަމުންދާ ޖަމިއްޔާއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: