ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ 5 އަހަރު އިޤްތިސާދީ ގޮތުން މެނޭޖެއް ނުކުރޭ، ރާވާފައި އޮތީީ ޤައުުމު ބަނގުރޫޓުުކުރަން: ރައީސް

ރައީސް ޑރ މުޙައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ 5 އަހަރު އިޤްތިސާދީ ގޮތުން މެނޭޖެއް ނުކުރެވޭ ކަމަށާއި، މިދިޔަ ސަރުކާރުގައި ކަންކަން ރާވާފައި އޮތީީ ޤައުުމު ބަނގުރޫޓުުކުރުމުގެ މިސްރާބަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް ބޭއްވި ޙަފްލާގައި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދު ސަލާމަތް ކުރުމަށް އެ މަނިކުފާނުގެ ސަރުކާރުން މިދިޔަ އަހަރު ދުވަހު ކުރެއްވި މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އިޤްތިޞާދު މެނޭޖު ނުކުރެވި، ޤައުމު ބަނގުރޫޓުވާ ހިސާބަށް ކަންކަން ގެންދިޔަކަމުގެ ތުހުމަތުތައް ބައެއް ފަރާތްތަކުން މި ސަރުކާރަށް އަމާޒު ކުރާ ކަމަށާއި، ނަމަވެސް އެއީ ޙަޤީޤަތް ނޫން ކަމަށެވެ.

އެގޮތުން ބަލާއިރު، ސަރުކާރުން ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގެންނެވުމުގެ 6 ދުވަސް ކުރިން، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އިން ޝާއިޢުކުރި ރިޕޯޓަށް އިޝާރާތްކުރައްވައި ރައީސް ވަނީ، އެ ރިޕޯޓުގައި ދިވެހިރާއްޖޭގެ ދަރަނީގެ ދެމެހެއްޓެނިވިކަން ގެއްލިގޮސްފައިވާކަން އިޢުލާނުކުރި ކަމާއި، އެހިސާބުން ބަނގުރޫޓުވުމާ ހަމަޔަށް ދިޔަކަން ރަސްމީކޮށް އިޢުލާނު ކުރެވުނީކަން ހަނދުމަފުޅުކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރީގެ ސަރުކާރުން 8.4 ބިލިއަން ރުފިޔާ ޗާޕުކުރި ކަމަށާއި، އޭރު ދުނިޔޭގެ ހުރިހާ މާލީ އިދާރާއަކުން އަންދާޒާކުރަމުން އައީ 2024 ވަނަ އަހަރުގެ އެޕްރިލް މަހާއި ހަމައަށް ދާއިރު، ދިވެހިރާއްޖެއިން ސޮވްރިން ޑިފޯލްޓް އިޢުލާނުކުރާންޖެހޭނެކަމަށެވެ.

މާލީ އިދާރާތަކުން އެހެން ބުނަން ޖެހުނީ ސަބަބުތަކެއް އޮވެގެން، 5 އަހަރު ކުރިޔަށް ޖެހިލާއިރު، ނަގާފައިވާ ދަރަނީގެ އިންޓަރެސްޓަށް އަހަރަކު 1.4 ބިލިއަން ރުފިޔާ ދައްކަން ޖެހިފައި އޮތް ނަމަވެސް 2023 ނިމުނުއިރު އިންޓަރެސްޓަށް އެކަނި، އަހަރަކު 4.2 ބިލިއަން ރުފިޔާ ހޭދަކުރަންޖެހިފައިއޮތް

ވެރިކަމާ ޙަވާލުވެވަޑައިގަތް އިރު، އޭރު ދިވެހިރާއްޖެ އޮތީ 120 ބިލިއަނަށްވުރެ ބޮޑު ދަރަންޏާ އެކުގައިކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އިޤްތިޞާދު މެނޭޖު ކުރުމެއް ނެތި، އަދި މެނޭޖުކުރަން ނުވެސް އެނގި، 5 އަހަރު ދުވަހުގެ ތެރޭގައި ޤައުމު ބަނގުރޫޓުކުރަން ރާވާފައި އޮތް ކަމަށާއި، ހަމަ އެ އަހަރުގެ ތެރޭގައި ޤާނޫނު އަސާސީއާ ޚިލާފަށް ޚަރަދުތަކެއްކޮށް، ޤާނޫނީ އިމުގެތެރެއަށް ކަންކަން ވެއްދުމަށްޓަކައި ސަޕްލިމެންޓްރީ ބަޖެޓެއްވެސް ހުށަހެޅިކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވިއިރު ޤައުމު އޮތް ޙާލަތަށް އިޝާރާތްކުރައްވައި، ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދައުލަތަށް ލިބޭ އާމްދަނީގެ ކޮންމެ 100 ރުފިޔާއަކުން 24 ރުފިޔާ ޚަރަދުކުރަން ޖެހެނީ ދަރަނި ޚަލާޞްކުރުމަށް ކަމަށާއި، މިއިން ކޮންމެ 100 ރުފިޔާއަކުން 16 ރުފިޔާ ޚަރަދު ކުރަން ޖެހެނީ ހަމަ އެކަނި، ދަރަނީގެ އިންޓްރަސްޓަށްކަން ފާހަގަކުރައްވާފައެވެ.

މި ޙާލަތު މިހެން އޮތް ކަމުގައި ވީ ނަމަވެސް، ބަނގުރޫޓުވުން ތަހަންމަލުކުރަން ނުޖެހި، ރާސްތާ ބަދަލުކޮށްލެވިއްޖެކަމަށާއި، މިއީ 52 ހަފުތާގައި ޙާޞިލުކުރެއްވުނު އެންމެ މުހިއްމު ކާމިޔާބުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއީ ތަފާސް ހިސާބުތަކުން ފެންނަން އޮތް ޙަޤީޤަތް ކަމުގައިވެސް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މި ސަރުކާރުން ހުށަހެޅި ފުރަތަމަ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، އެ ބަޖެޓުގެ ތެރެއިން މަސައްކަތްތައް ކުރެވޭ ފުރަތަމަ އަހަރަކީ 2025 ވަނަ އަހަރުކަންވެސް، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: