ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީރާގެ ހުސްވެފައިވާ ބޯޑު މެމްބަރުކަމަށް ކުރިމަތިލި 5 ބޭފުޅެއްގެ ނަން އިޤްތިސާދީ ކޮމިޓީއަށް

20 ވަނަ ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާގެ) ހުސްވެފައިވާ ބޯޑު މެމްބަރުކަމަށް ކުރިމަތިލި 5 ބޭފުޅެއްގެ ނަން އިޤްތިސާދީ ކޮމިޓީއަށް ފޮނުވައިފިއެވެ.

މީރާގެ ހުސްވެފައިވާ ބޯޑު މެމްބަރުކަމަށް ކުރިމަތިލުމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގައިވާ ގޮތުގެ މަތިން އާންމުކޮށް އިއުލާނު ކޮށްފައިވެއެވެ.

އެ އިއުލާނާ ގުޅިގެން އެ މަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، ޝަރުތު ހަމަވާ ފަރާތްތަކުގެ ނަންތަކާއި މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު އިސްކަންދެއްވާ ތަރުތީބުން މަޖިލީހަށް ހުށަހަޅުއްވާފައެވެ. އެ ސިޓީ ހޯމަ ދުވަހު އަމީންއާންމު ވަނީ އިއްވަވައިދެއްވާފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ދަހާ ޝުހައިބް، ހ ކެރީބިއަން، އަހުމަދު ފާއިޒު މުޙައްމަދު، އަސްރަފީހިޔާ ލ މާވަށް، އަބްދުﷲ އިމްރާން، މާލަން ރ ހުޅުދުއްފާރު، މަހްޒޫމް ސަލީމް، ޝަބްނަމްގެ ކ ކާށިދޫ، އާމިނަތު އާފިޔާ ދަފްތަރު އެވެ.

އެހެންކަމުން މީރާގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނު ކުރައްވާ ބޭފުޅެއްގެ ނަން މަޖިލީހުން ފާސް ކުރައްވައި ފޮނުއްވައިދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

މި މައްސަލަ ދިރާސާ ކުރުމަށް އިޤްތިސާދީ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: