ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ދައުރުގައި ބަދަލުގެ ގޮތުގައި ރަށްތައް ދީފައިވަނީ ބައެއް ކެބިނެޓު މިނިސްޓަރުންގެ އާއިލާ މީހުންނަށް: އަޒާން

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ދައުރުގައި ހިންގާފައިވާ ޖަރީމާތައް ތަހުގީގުކުރުމަށްފަހު އެކަންކަމުގައި ޝާމިލުވާ ފަރާތްތައް ޖަލަށްލުމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ވެރިކަމުގައި ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދީފައިވާ މައްސަލައިގައި މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު އަޒާން ވިދާޅުވީ، ފަސް އަހަރު ދުވަހުގެ ތެރޭގައި ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވާކަމަށާއި 36 ރަށާއި ފަޅު، 50 އަހަރުގެ މުއްދަތަކަށް އެކި ފަރާތްތަކަށް ދީފައިވާކަމަށެވެ. އަދި ދެ ބިލިއަން ރުފިޔާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ދީފައިވަނީ އޭރު އެމްޑީޕީގެ ލީޑަރުންނާއި ސިޔާސީ ގޮތުން ގުޅުން އޮތް ފަރާތްތަކާއި އާއިލީގޮތުން ގުޅުން އޮތް ފަރާތްތަކަށް ދީފައިވާ ފައިސާކަމަށެވެ.

އޭނާ ވިދާޅުވީ، ފަޅުތަކާއި ރަށްތައް ދީފައިވަނީ އޭރު ކެބިނެޓުގައި ތިއްބެވި ބައެއް ވަޒީރުންގެ އާއިލާ ބޭފުޅުންނަށްކަމަށެވެ. އެހެންކަމުން މިއީ ލަސްނުކޮށް ތަހުގީގުކުރަންޖެހޭ މައްސަލައެއްކަމަށާއި ފުލުހުންގެ މުއައްސަސާއާއި ޕީޖީ އަދި ކަމާއިބެހޭ އެހެން އިދާރާތަކަށް މި މައްސަލަތައް ވީއެންމެ އަވަހަކަށް ތަހުގީގުކުރުމަށް ގޮވާލާކަމަށެވެ.

އަޒާން ވިދާޅުވި، އެކަން ކުރަން މިހާރު މާ ލަސްވެސްވެއްޖެކަމަށާއި ވެރިކަމަށް އައިސް އެއް އަހަރު ހޭދަވެފައިވާއިރު ތަހުގީގުނުކުރެވި ލަސްވުމުގެ ސަބަބުން އެމްޑީޕީގެ ލީޑަރުންދަނީ ބޭނުންގޮތެއްގެމަތިން ހަރަކާތްތެރިވަމުންކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ހިންގާފައިވާ ވައްކަމުގެ އަމަލުތައް ތަހުގީގުކުރުމަށް އެކަމުގައި ޝާމިލުވާ ފަރާތްތައް ހައްޔަރުކުރަންޖެހޭކަމަށެވެ.

އޭނާ ވިދާޅުވީ، އެކަންކަމުގައި ޝަމިލުވާ ފަރާތްތައް ދިގު މުއްދަތަކަށް ޖަލަށް ލާންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ޕީއެންސީއިން ދައްކަމުން އައިސްފައިވަނީ އެ ވާހަކަކަމަށާއި ޕީއެންސީގެ ވެރިކަމެއް ގާއިމުކުރެވިއްޖެ ހާލަތުގައި ވައްކަންތަކާއި އެހެނިހެން ޖަރީމާތައް ތަހުގީގުކުރުމަށްފަހު ފިޔަވަޅު އަޅައި އިންސާފު ގާއިމުކުރާނެކަމަށް ބުނަމުން އައިސްފައިވާނެކަމަށެވެ. އެހެންކަމުން އެ ބަހާއި އެއްގޮތަށް އަމަލުކުރަންޖެހޭކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: