ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަކި މީހަކު އެދޭ ގޮތަށް ކަންކަން ކުރަމުންދިއުމުގެ ސަބަބުން ގައުމު އޮޔާދާން ފަށައިފި: ނާޒިލް

އެމްޑީޕީގެ ޕީޖީ ލީޑަރު ނާޒިލް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ވަކި ބޭފުޅަކު އެދޭ ގޮތައް ކަންކަން ނިންމަމުން ދިއުމުގެ ސަބަބުން ގައުމު އޮޔާދާންފަށާފައިވާކަމަށް ބުނެ އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ޕީޖީ ލީޑަރު ނާޒިލް ވިދާޅުވީ، މަޖިލީހުންވަނީ ބޭރު ފައިސާގެ ބިލު ފާސްކޮށްފައިކަމަށެވެ. އޭނާ ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ އިސްކޮށް އުޅުއްވާ ބޭފުޅުންވަނީ މަޖިލީހަށް ވަޑައިގެން ސިނާއަތަށް އެންމެ ފައިދާހުރި ގޮތްތައް ހިއްސާކޮށް އެގޮތުގެ މަތިން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައިކަމަށެވެ. ނަމަވެސް އެ ވާހަކަތައް އަޑު އަހާފައިނުވާކަމަށާއި ވަކި ބޭފުޅަކު ބޭނުންވި ގޮތް ނޫން ގޮތަކަށް ކަން ހިނގާދާނެ މަގު ފެނިގެން ނުދާކަމަށެވެ.

އޭނާ ވިދާޅުވީ، އެކަމާއި ގުޅިގެން މުޅި ގައުމު އޮޔާ ދާން ފަށާފައިވާކަމަށާއި ވަޒީރުންގެ މަޖިލީހުގައި ކެބިނެޓު މެމްބަރުން ދައްކަވާ ވާޙަކަތައްވެސް އަޑުނާއްސަވާ ވަކި ގޮތަކަށް ކަންކަން ނިންމަވާ ވާހަކަ މިނިސްޓަރުންގެ ތެރޭގައި ދެކެވޭކަމަށެވެ. އަދި އެސްއޯއީތަކުގެ ވެރިންގެ ހިޔާލާއި މަޝްވަރާ ނުހޯއްދަވާ ވަކިގޮތަކަށް ކަންކަން ނިންމާ ވާޙަކަތައް އެވެރިންގެ ތެރޭގައިވެސް ދެކެވެމުންދާކަމަށެވެ.

ނާޒިލް ވިދާޅުވީ، ގައުމުގެ އިގްތިސާދު ހިފެހެއްޓުމުގެ ގޮތުން އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ އިސް ފަރާތްތަކުގެ ވާޙަކަ ގައުމުގެ އިސްވެރިޔަކަށް ހުންނަވާ ބޭފުޅަކު އަޑުނާއްސަވާނަމަ ގައުމުގެ އިގްތިސާދު ރަނގަޅުވެގެން ނުދާނެކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުއަކީ އިގްތިސާދީގޮތުން ކިހާވަރެއްގެ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެއްކަން އެނގިވަޑައިގަންނަވާ އެއްވެސް ބޭފުޅަކު އެމްޑީޕީގައި ނެތްކަމަށާއި ހުރިހާ ފަރާތަކުން ލިބޭ މައުލޫމާތުތަކުންވެސް އެކަން ކަށަވަރުވެގެންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: