ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބަދުވެސް ބަދަލުދޭ، މިހާތަނަށް އެންމެ ބޮޑު ބަދަލެއް ދިނީ މި ސަރުކާރުން: ޑރ ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ބަދަލު ދިނުމުގެ މަސައްކަތްތައް ހުރިހާ ވެރިކަމެއްގައިވެސް ކުރަމުން އައިސްފައިވާކަމަށާއި މިހާތަނަށް އެންމެ ބޮޑު އަދަދެއް ދީފައިވާކަމަށް ފެނިގެންދަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން މެމްބަރު ޝަމްހިދުވަނީ ނިމިދިޔަ ދައުރުގައި ބަދަލުދިނުމުގައި މައްސަލަތަކެއް ހުރިކަމަށް ބުނާ މައްސަލައިގެ މައްޗަށް އަލިއަޅުއްވާފައެވެ. މެމްބަރު ވިދާޅުވީ، މި މައްސަލަ މާލިއްޔާތު ކޮމިޓީގައި އެތައް ފަހަރެއްގެ މަތިން އެޖެންޑާ ކުރެވުނު ނަމަވެސް ހަގީގަތުގައި މާ ބޮޑެތި ބަހުސްތަކެއް ކުރެވި ކޮމިޓީ ތެރޭގައި މާ ބޮޑު ދިރާސާއެއްވެސް ކުރެވިފައިނުވާކަމަށެވެ.

މެމްބަރު ވިދާޅުވީ، ގިނަ ފަހަރު އިތުރު މައުލޫމާތުތައް ހޯދުމަށް ނިންމަމުންދިޔަކަަމަށާއި އެހެން އައިސް ކުއްލި ގޮތަކަށް ރިޕޯޓެއް ހުށައަޅައި އެއަށް ވަގުތުން ވޯޓަކަށް އެހިކަމަށެވެ. އޭނާ ވިދާޅުވީ، ރިޕޯޓަށް ބަލާއިރު މައިގަނޑު ގޮތެއްގައި ޕީއެންސީއިން ބުނަމުންދަނީ ޝަރުއީ ކޯޓުގެ ބޭރުން ބަދަލު ދިނުމުގެ މަސައްކަތްތައް ކޮށްގެން ނުވާނެ ކަމަށެވެ. އަދި އެ ޕާޓީއިން ވަނީ ބަދަލު ދީފައިވާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް ނިންމާފައިކަމަށާއި އެހެންނަމަވެސް މިއީ އަލަށް ކޮށްގެން އުޅޭ މަސައްކަތްތަކެއް ނޫންކަމަށާއި ހުރިހާ ސަރުކާރުތަކުންވެސް ސެޓްލްމެންޓުތައް ހަދަމުން އައިސްފައިވާކަމަށް ފާހަގަކުރެއްވިއެވެ.

ޝަމްހީދު ވިދާޅުވީ، އަލަށް ސެޓްލްމެންޓު ކޮމިޓީތަކެއް ހަދާފައިވަނީ 2018 ވަނަ އަހަރު އުފެދުނު ސަރުކާރަކުން ނޫންކަމަށާއި ކޮމިޓީތައް ނެހެދިޔަސް ބަދަލު ދިނުމުގެ މަސައްކަތްތައް ކުރަމުން އައިސްފައިވާކަމަށް މައުލޫމާތު ދެއްވިއެވެ. އޭނާ ވިދާޅުވީ، ތާރީހަށް ބަލާއިރު އެކަމަކީ ރާއްޖޭގެ ހުރިހާ ވަރިކަމެއްގައިވެސް ހިނގަމުން އައިސްފައިވާކަމެއްކަން ފެނިގެންދާކަމަށެވެ.

މެމްބަރު ވިދާޅުވީ، ޕީއެންސީއިން މަސައްކަތްކޮށްފައިވަނީ މިއީ އަލަށް ކޮށްގެން އުޅޭ ކަމެއްގެ ގޮތުގައި ދެއްކުމަށްކަމަށާއި އެހެންނަމަވެސް އެއީ އެއްގޮތަކަށްވެސް ހަގީގަތް ނޫންކަމަށެވެ. ޝަމްހީދު ވިދާޅުވީ، ރައީސް ޑރ މުއިއްޒުގެ ވެރިކަން ފެށުނު ފަހުންވެސް މިފަދަ އެއްބަސްވުންތައް އެކުލަވާލާފައިވާކަމަށާއި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންވަނީ މަޖިލީހުގައި ޖަވާބުދާރީވެވަޑައިގަންނަވަމުން މެލޭޝިއާގެ ކުންފުންޏެއްކަމަށްވާ ބެސްޓްނެޓް ކިޔާ ކުންފުންޏަކާއިއެކު އެއްބަސްވުމެއް ބާތިލުކުރުމުގެ ބަދަލުގައި ސެޓްލްމެންތު އެއްބަސްވުމެއް ހަދައި ގިނަ އަދަދެއްގެ ފައިސާ ދިނުމަށް ނިންމާފައިކަން ކަށަވަރުކޮށްދެއްވާފައިކަމަށެވެ.

ޝަމްހީދު ވިދާޅުވީ، ހޮސްޕިޓަލެއްގެ އިހުމާލުން ހިނގައިދިޔަ ކަންތައް ތަކަކާއި ގުޅިގެން މީހަކަށް ބަދަލު ދިނުމުގެ ކަންކަން ކުރެވިފައިވާކަން ބަންޑާރަނައިބު އަހުމަދު އުޝާމްވަނީ މީގެ ކުރިން އިއުލާނުކުރައްވާފައިކަމަށާއި އެކަން ކުރީ ކޯޓުން ބޭރުންކަމަށެވެ. އެހެންކަމުން ކޯޓުން ބޭރުން ބަދަލު ދިނުމުގެ މަސައްކަތްތަކީ ހުރިހާ ވެރިކަމެއްގައިވެސް ކުރާ މަސައްކަތްތަކެއްކަން ފެނިގެންދާކަމަށާއި މި ސަރުކާރުން މެލޭޝިއާގެ ބެސްޓްނެޓު ކުންފުންޏަށް ދީފައިވާ ބަދަލަކީ އެމްޑީޕީއަށް މިހާތަނަށް އެގޮތުގެ މަތިން ދީފައިވާކަމަށް ފާހަގަކުރެވޭ އެންމެ ބޮޑު ބަދަލުކަމަށެވެ.

ޝަމްހީދު ވިދާޅުވީ، މި މައްސަލައިގެ މައުލޫމާތު ހޯދުމަށް މާލިއްޔާތު ކޮމިޓީއަށް ދެ ފަހަރުގެ މަތިން ހުށައެޅުއްވިކަމަށެވެ. ނަމަވެސް ދެ ފުރުސަތުގައިވެސް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާންވަނީ މި މައްސަލަ ނުބެލުމަށް އިސްވެ މަސައްކަތްކުރައްވާފައިކަމަށާއި މައްސަލަ ހުއްޓުވާލައި އެއްގޮތަކަށްވެސް ފުރުސަތު ދޭން ބޭނުން ނުވިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: